kooddoo jetty

އިތުރު 17 މީހުން ޕޮޒިޓިވްވުމާއެކު ކޫއްޑޫން ޕޮޒިޓިވްވީ މީހުންގެ އަދަދު 117 އަށް

މިފްކޯގެ މަސްގަންނަ މައި ރަށްކަމަށްވާ ކޫއްޑޫން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 117 އަށް އަރައިފިއެވެ.

ކޫއްޑޫން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޕޮޒިޓިވްވި 117 މީހުންގެ ތެރޭގައި ހިމެނެނީ 97 ބިދޭސީންނާއި 20 ދިވެހިންނެވެ. މީގެތެރެއިން 31 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިވަގުތު މި ބަލި ތަހަންމަލް ކުރަމުންދަނީ 86 މީހުންނެވެ. އެއީ 76 ބިދޭސީންނާއި 10 ދިވެހިންނެވެ.

ކޫއްޑޫގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ކޫއްޑޫ ޖެޓީއަށް މަސް ކިރުމާއި ޖެޓީން އައިސް ދޫކުރުން ވަނީ ވަގުތީގޮތުން ހުއްޓާލާފައެެވެ. ކޫއްޑޫގެ އޮޕަރޭޝަންތަށް ހުއްޓުމަކަށް އައީ ކޫއްޑޫ ޖެޓީ އާއި، ކޯލްޑް ސްޓޯރެޖް އަދި ކަލެކްޓަރ ބޯޓުތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ އެކަހެރިކުރަން ޖެހުމުން ކަމަށް މިފްކޯއިން ބުނެއެވެ. މިވަގުތު މަސްކިރަނީ ދާނީ ކޫއްޑޫ ބޭރު ބަނދަރުން، މަހާ ކަލަމިންޖާ އަދި ހުވަދު އަތޮޅުގައި ހަރަކާތްތެރިވާ މަސްގަންނަ ބޯޓު ފަހަރުތަކުން ނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!