ސިއެރަ ލިއޯންގައި ޗައިނާ ސަރުކާރުުގެ އެހީގައި މަސް ބަނދަރެއް ތަރައްޤީކުރުމަށް ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން ދެ ޤައުމު ދެމެދު ވެފައިވާ އެއްބަސްވުން ސިއެރަ ލިއޯންގެ ޤާނޫން ހަދާ މަޖްލީހުން މިހާރު ވަނީ ފާސްކޮށްފައެއެވެ. މި މަޝްރޫޢުއަކީ 55 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. ސިއެރަ ލިއޯންގެ ޖީޑީޕީގެ 12 އިންސައްތަ ހިއްސާ ކުރަނީ މަސްވެރިކަމުގެ ސިނާއަތެވެ. އެހެން ކަމުން މި ސިނާއަތަކީ އެޤައުމުގެ ތަރައްޤީގެ މުޙިއްމު ދައުރެއް އަދާ ކުރާ ސިނާއަތެކެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ތަރައްޤީކުރާ މި ބަނދަރާއި އެކު މަސް ބޯޓު ފަހަރުތަށް ލަފާ ފުރުމުގައި ގިނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި، ބޯޓުތަށް މަރާމާތު ކުރުމުގެ ޙިދުމަތްވެސް މިތަނުން ލިބިގެންދާނެ ކަމަށް ސިއެރަ ލިއޯންގެ ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މިހާރު ސިއެރަ ލިއޯންގެ މަސް ބޯޓު ފަހަރުތަށް މަރާމާތު ކުރުމަށް ގެންދަނީ ސެނެގަލްއަށާއި ކޭޕް ވާޑޭ އަށެވެ.
އަދި ލަފާ ފުރުމުގައި މިހާރު ހުރި ދަތިތަކާއި ހެދި ވިއްސާރަ މޫސުމުގައި މަސް ކިރުވުމުގައިވެސް ގިނަ ދަތިތަކާއި ސިއެރަ ލިއޯންގެ މަސްވެރިން ކުރިމަތިލާން ޖެހެއެވެ. އަދި ބަނދަރު ހެދުމުގެ މި މަޝްރޫޢާއި އެކު ގިނަ އަދަދެއްގެ ވަޒީރާގެ ފުރުސަތުތަށް އުފެދިގެންދާނެ ކަމަށްވެސް އެޤައުމުގެ ސަރުކާރުން ދެކެއެވެ.



