މަސްދޯންޏެއްގެ މަސްވަތް - ފޮޓޯ: މަސްވެރިން އެމްވީ
މަސްދޯންޏެއްގެ މަސްވަތް - ފޮޓޯ: މަސްވެރިން އެމްވީ

ކުރިއަށް އޮތް ޗުއްޓީގައި މިފްކޯގެ ސެންޓަރުތަކުން މަސް ނުގަންނާނެ ދުވަސްތަށް އާއްމުކޮށްފި

ކުރިއަށް އޮތް ޗުއްޓީގައި މިފްކޯގެ ސެންޓަރުތަކުން މަސް ނުގަންނާނެ ދުވަސްތަށް އާއްމުކޮށްފިއެވެ.

ޙައްޖު ދުވަހާއި ޢީދު ބަންދު އަދި މިނިވަން ދުވަހާއި ގުޅިގެން މިފްކޯގެ ސެންޓަރތަކާއި ބޯޓްފަހަރުތަކުން މި ޖުލައި މަހުގެ 19،20،21،22،26 ވަނަ ދުވަހު މަސް ނުގަންނާނެ ކަމަށެވެ.

ކުރިން ހަމަޖެހިފައި އޮތްގޮތުން ސަރުކާރު ބަންދުކޮށްފައިވަނީ މިމަހުގެ 27 ގެ ނިއަލަށެވެ. ނަމަވެސް މިމަހުގެ 28 އާއި 29އަކީވެސް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިއްޔެވަނީ ކަނޑައަޅާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ އަޟްޙާ ޢީދާއި، މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ ގޮތުންނެވެ. އަދި މިގޮތަށް ހަމަޖެއްސެވުމުން، ބަންދު ދުވަސްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ، 2021 އޮގަސްޓު 1 ވާ އާދީއްތަ ދުވަހުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ދެންގާޔާއެކް ގޮ.........ބަލަ ތިޔޮތީ ބޭނިމަސްކޮލުދޭކިރާލަން ބޭތާކައް