ވިލިމާލޭ މަސްމާރުކޭޓް ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ.
ސިޓީ ކައުންސިލުން ބުނީ ވިލިމާލޭ މަސްމާރުކޭޓް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މިމަސައްކަތް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ، ކަނޑައެޅިފައިވާ ވަގުތުގައި ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އަންނަ މަހުގެ 12ވަނަ ދުވަހުގެ ދުވަހުގެ 10:00 ގައި އޮންނަ މައުލޫމާތު ސެޝަންގައި ބައިވެވުމަށްފަހު، ފޯމް ހުށަހެޅަންވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މިމަސައްކަތުގެ ތަފްޞީލް މަޢުލޫމާތު ކަރުދާސް، މައުލޫމާތު ސެޝަންގައި ހަވާލުކުރާނެއެވެ.
ވީމާ، މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަމަހުގެ 30ވަނަ ދުވަހުގެ 10:00 އަށް އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ ، އަމީނީމަގު، (4 ވަނަ ފަންގިފިލާ) އަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.