09867F6D-9388-43F4-A8CB-F6398FC2E2FE

އުފާ ދޯނީގެ މަސްވެރިއަކު ހާލުދެރަވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

މަސްވެރިއަކަށް ކުއްލި ސިއްޙީ މައްސަލައެއް ދިމާވެގެން އަވަސް ސިއްޙީ ފަރުވާ ހޯދުމަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ޏ.ފުވައްމުލަކުގެ އިރުން 11 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަން އުޅުނު ' އުފާ' ދޯނީގެ މަސްވެރިއަކަށް ކުއްލި ސިއްޙީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު މިއަދު 9:45 ހާއިރު ފުވައްމުލަކަށް ގެންގޮސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.


މަސްދޯނިފަހަރު ބޭރުކަނޑުގައި އުޅެނިކޮށް މަސްވެރިންނަށް ދިމާވާ ސިއްޚީ ކުއްލި މައްސަލަތަކަށް އެމްއެންޑީއެފުން އަންނަނީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!