kooddoo jetty

ކޫއްޑޫން އިތުރު 8 މީހުން ޕޮޒިޓިވްވެ، ޕޮޒިޓިވްވީ މީހުންގެ އަދަދު 152 އަށް އަރައިފި

މިފްކޯގެ މަސްގަންނަ މައި ރަށް ކަމަށްވާ ކޫއްޑޫން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 152 އަށް އަރައިފިއެވެ.

ކޫއްޑޫން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޕޮޒިޓިވްވި 152 މީހުންގެ ތެރޭގައި ހިމެނެނީ 111 ބިދޭސީންނާއި 41 ދިވެހިންނެވެ. މީގެތެރެއިން 117 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިވަގުތު މި ބަލި ތަހަންމަލް ކުރަމުންދަނީ 53 މީހުންނެވެ. އެއީ 14 ބިދޭސީންނާއި 21 ދިވެހިންނެވެ.

ކޫއްޑޫން އަލަށް 8 މީހުން ޕޮޒިޓިވްވެފައި މިވަނީ އެރަށުގައި ބަލިފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި ވަނިކޮށެވެ.

ކޫއްޑޫގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ކޫއްޑޫ ޖެޓީއަށް މަސް ކިރުމާއި ޖެޓީން އައިސް ދޫކުރުން ވަނީ ވަގުތީގޮތުން ހުއްޓާލާފައެެވެ. ކޫއްޑޫގެ އޮޕަރޭޝަންތަށް ހުއްޓުމަކަށް އައީ ކޫއްޑޫ ޖެޓީ އާއި، ކޯލްޑް ސްޓޯރެޖް އަދި ކަލެކްޓަރ ބޯޓުތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ އެކަހެރިކުރަން ޖެހުމުން ކަމަށް މިފްކޯއިން ބުނެއެވެ. މިވަގުތު މަސްކިރަނީ ދާނީ ކޫއްޑޫ ބޭރު ބަނދަރުން، މަހާ ކަލަމިންޖާ އަދި ހުވަދު އަތޮޅުގައި ހަރަކާތްތެރިވާ މަސްގަންނަ ބޯޓު ފަހަރުތަކުން ނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!