ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް، މަސްވެރިކަން ކުރިއެރުވުމަށް މަސްވެރިިންގެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމައިފިއެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ "ހަމްދު-6" ދޯނީގެ ކެޔޮޅު އަބްދުﷲ ރަޝީދެވެ. މާލެއަށް ނިސްބަތްވާ އަބްދުﷲ ރަޝީދު ބުނީ މަސްވެރިންގެ ސިޔާސީ ޕާޓީއެއް އުފައްދުމަށް ކުރަންޖެހޭ މަސަކަތްކުރަމުންދާ ކަމަށެވެ.
އަދި ޕާޓީ ރަޖިސްޓްރީ ކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އުންމީދަކީ އަންނަ ސެޕްޓެމްބަރު ހިސާބު މި ޕާޓީ އުފެދިގެން ދިޔުން ކަމަށް އަބްދުﷲ ރަޝީދު ބުންޏެވެ. މި ޕާޓީގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ވާދަކުރާނެ ކަމަށްވެސް އަބްދުﷲ ރަޝީދު ބުންޏެވެ.
"ޕާޓީއިން ނެރޭނީ ކިޔަވައިގެން ހުރި ކަމަށް ޤާބިލް މީހެއް، މަސްވެރިންގެ ތެރޭގައިވެސް އެބަތިބި މަތީ ތައުލީމް ހާސިލްކޮށްގެން ތިބި މީހުން،" އަބްދުﷲ ބުންޏެވެ.

އަބްދުﷲ ފާހަގަކުރިގޮތުގައި މަސްވެރިކަމަކީ އެންމެ ގިނަ ދިވެހިން މަސައްކަތް ކުރާ އެއް ދާއިރާއަށްވާއިރު، ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރަން ބޭނުންވާ މެޖޯރިޓީ ލިބޭނެ ކަމަށެވެ.


