މަސްބޭރުކުރަން ޚާއްޞަ ބޯޓެއް މިފްކޯއިން ގަނެފިއެވެ.
މި ބޯޓަކީ 2،500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެކެވެ. ތައިލެންޑްގެ ކުންފުންޏަކުން އޮޕަރޭޓްކުރަމުން ދިޔަ މި ބޯޓު މިފްކޯއިން ގަނެ އިއްޔަ ވަނީ ރާއްޖެ ގެނެސްފައެވެ. 326 ފޫޓު ދިގު 45 ފޫޓު ފުޅާ މި ބޯޓަށް ދީފައިވާ ނަމަކީ "ޖަޒީރާ ރީފާ" އެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވި މި ބޯޓަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ބޯޓެއް ކަމަށެވެ. މިފްކޯގެ އަމިއްލަ ބޯޓަކުން މަސް ބޭރުކުރަން ފެށުމުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމަށް އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށް ފައުޒީ ވިދާޅުވިއެވެ.
"މިހާރު ރާއްޖެއިން މައިގަނޑުގޮތެއްގައި ފިނިކުރިމަސް މި ބޭރުކުރަނީ ތައިލެންޑަށް. އަޅުގަނޑުމެންގެ އަމިއްލަ ބޯޓެއް އޮތުމުން އިތުރު މާރކެޓް ތަކަށް ދިއުމުގެ ފުރުޞަތު ފަހިވެގެންދާނެ. އަޅުގަނޑުމެން ބަލާނަން އިތުރު މާރކެޓްތައް." ފައުޒީ ވިދާޅުވިއެވެ.
One Response
ބޯޓުގެ އުމުރުޖަހާލިނަމަ ބޯޓު ބަނދެފަވަނީ 1978 ވަނަ އަހަރު