ކޫއްޑޫގައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ، ފޮޓޯ- މިފްކޯ
ކޫއްޑޫގައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ، ފޮޓޯ- މިފްކޯ

ކޫއްޑޫއިން އިތުރު 19 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިފްކޯގެ މައި މަސް ކާރުޙާނާ ކަމުގައިވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސުން އިތުރު 19 މީހުން ކޮވިޑަށް ޕޮޒިޓިވެއްޖެއެވެ.

މިއާއެކު ރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދުވަނީ 55 އަކަށް އަރާފައެވެ. ކޫއްޑޫން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 182 މީހުންވަނީ އެރަށުން މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 124 ބިދޭސީންނާއި 58 ދިވެހިންނެވެ. މީގެތެރެއިން 127 މީހުން ބަލިން ރަނގަޅުވެފައިވެފައެވެ.

ކޫއްޑޫގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ކޫއްޑޫ ޖެޓީއަށް މަސް ކިރުން ވަނީ ވަގުތީގޮތުން ހުއްޓާލާފައެެވެ. ކޫއްޑޫގެ އޮޕަރޭޝަންތަށް ހުއްޓުމަކަށް އައީ ކޫއްޑޫ ޖެޓީ އާއި، ކޯލްޑް ސްޓޯރޭޖް އަދި ކަލެކްޓަރ ބޯޓުތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ އެކަހެރިކުރަން ޖެހުމުން ކަމަށް މިފްކޯއިން ބުނެއެވެ. މިވަގުތު މަސްކިރަނީ ކޫއްޑޫ ބޭރު ބަނދަރުން، މަހާ ކަލަމިންޖާ އަދި ހުވަދު އަތޮޅުގައި ހަރަކާތްތެރިވާ މަސްގަންނަ ބޯޓު ފަހަރުތަކުން ނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!