މަދުން ނޫނީ ނުފެންނަ ކަނޑުގެ ވަރަށް އަޑީގައި އުޅޭ މަހެއް އެމެރެކާގެ އޮރެގަން ސްޓޭޓުގެ ބީޗަކަށް ލައްގައިފިއެވެ.
ލެއްގި އިރުވެސް މަރުވެފައި އޮތް ނަމަވެސް މަސް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައެވެ. މިއީ ކަނޑުގެ ވަރަށް އަޑީގައި އުޅޭ އޮޕާޙް ފިޝް ނުވަތަ މޫން ފިޝްއެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މަދުން ނޫނީ ނުފެންނަ މަހަކަށްވުމުން މިމަހާ ގުޅޭ ގޮތުން އެހާ ގިނަ މައުލޫމާތެއް ހޯދިފައެއް ނުވެއެވެ. އޮރެގަން ސްޓޭޓަށް ލެއްގި އޯޕަހް ފިޝްގެ ބަރުދަނުގައި 45 ކިލޯ ހުރި އިރު، ދިގު މިނުގައި 3 ފޫޓު ބައި ހުރެއެވެ.
މިމަސް ވަނީ އިތުރަށް ތަޙްލޫލް ކުރުމަށްޓަކައި ގަނޑުކޮށްފައެވެ. މަހުގެ ތަޙްލޫލްތަށް ނުމުމުން މިމަހާއި ގުޅޭގޮތުން އިތުރު މައުލޫމާތުތަށް ލިބިގެންދާނެ ކަމަށް ބެލެއެވެ.