219617213_3891099277684792_2178394301349324908_n

ކޫއްޑޫއިން އިތުރު 3 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ ޕޮޒިޓިވްވީ މީހުންގެ އަދަދު 190 އަށް އަރައިފި

މިފްކޯގެ މައި މަސް ކާރުޙާނާ ކަމުގައިވާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސުން އިތުރު 3 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، މިހާތަނަށް އެރަށުން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 190 އަށް އަރައިފިއެވެ.

މިހާރު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 46 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އެކްޓިވް 30 ކޭސްއަކާއި، ކޫއްޑޫ މަސް ބޯޓުގެ މުވައްޒަފުންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ 16 މީހެކެވެ.

ކޫއްޑޫން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 144އަކަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 36 ދިވެހިންނާއި، 108 ބިދޭސީންނެވެ.

 

ކޫއްޑޫގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ކޫއްޑޫ ޖެޓީއަށް މަސް ކިރުން ވަނީ ވަގުތީގޮތުން ހުއްޓާލާފައެެވެ. ކޫއްޑޫގެ އޮޕަރޭޝަންތަށް ހުއްޓުމަކަށް އައީ ކޫއްޑޫ ޖެޓީ އާއި، ކޯލްޑް ސްޓޯރޭޖް އަދި ކަލެކްޓަރ ބޯޓުތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ އެކަހެރިކުރަން ޖެހުމުން ކަމަށް މިފްކޯއިން ބުނެއެވެ. މިވަގުތު މަސްކިރަނީ ކޫއްޑޫ ބޭރު ބަނދަރުން، މަހާ ކަލަމިންޖާ އަދި ހުވަދު އަތޮޅުގައި ހަރަކާތްތެރިވާ މަސްގަންނަ ބޯޓު ފަހަރުތަކުން ނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!