މިފްކޯގެ ޖަޒީރާ ރީފާ
މިފްކޯގެ ޖަޒީރާ ރީފާ

މިފްކޯގެ "ޖަޒީރާ ރީފާ" ދެ ހަފްތާ ތެރޭގައި އޮޕަރޭޓް ކުރަން ފެށޭނެ: މިފްކޯ

މިފްކޯ އިން ގަތް ކެރިއަރު ބޯޓު "ޖަޒީރާ ރީފާ" ދެ ހަފްތާ ތެރޭގައި އޮޕަރޭޓް ކުރަން ފެށޭނެކަމަށް މިފްކޯއިން ބުނެފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ، މި ބޯޓަކީ އެކުންފުނިން ގަތް އިރުވެސް އޮޕަރޭޝަންގައި ބޭނުން ކުރަމުން އައި ބޯޓެއްކަމަށާއި އެހެންކަމުން ރާއްޖެއިން ނަގަންޖެހޭ ހުއްދަތަށް ނެގުމަށްފަހު 2 ހަފްތާތެރޭގައި މި ބޯޓު ބޭނުން ކުރަން ފެށޭނެކަމަށެވެ. ފައުޒީ ވިދާޅުވީ މި ބޯޓުގެ ސަބަބުން ރާއްޖޭގެ ސީމަނުންނަށް ވަޒީފާގެ ފުރުޞަތުތައް ލިބިގެންދާނެކަމަށާއި މި ބޯޓުގައި މަސައްކަތް ކުރާނީ ދިވެހިން ކަމަށެވެ.

މި ބޯޓަކީ 2،500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެކެވެ. ތައިލެންޑްގެ ކުންފުންޏަކުން އޮޕަރޭޓްކުރަމުން ދިޔަ މި ބޯޓު މިފްކޯއިން ގަނެ ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. 326 ފޫޓު ދިގު 45 ފޫޓު ފުޅާ މި ބޯޓަށް ދީފައިވާ ނަމަކީ “ޖަޒީރާ ރީފާ” އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!