fish_articles_asia_credit-barramundi-asia

މަސް އާލާކުރުމުގެ ބިޔަ މަޝްރޫޢެއް ކަޒަކިސްތާން ސަަރުކާރުން ފަށަނީ

މަސް އާލާ ކުރުމުގެ ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށް ކަޒަކިސްތާން ސަރުކާރުން ނިންމައިފިއެވެ.

މި މަޝްރޫޢުގެ ދަށުން އަހަރަކު 10000 ޓަނުގެ ބަރައްމުންޑީ މަސް ބާޒާރަށް ނެރެވޭނެ ކަމަށް އެޤައުމުގެ ސަރުކާރުން ލަފާކުރެއެވެ.

މަސް އާލާ ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެއްޤައުމުގައި އެކަމަށްޓަކައި ތަރައްޤީކުރާ ފާމެއްގައެވެ. މި މަޝްރޫޢަކީ 157 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢާއި އެކު 300 ވަޒީފާ އުފެދިގެންދާނެ ކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރެއެވެ.

މި މަޝްރޫޢުގެ ފުރަތަމަ މަރުހަލާ އަންނަ އަހަރުތެރޭ ނިމިގެންދާނެއެވެ. އެއާ އެކު 1000 ޓަނުގެ މަސް މިތަނުން އާލާކޮށްގެން ބާޒާރަށް ނެރޭނެއެވެ. އަދި ދެވަނަ މަރުޙަލާ ނިމެނޭއިރު، 10000 ޓަނުގެ މަސް ބާޒާރަށް ނެރެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދެވަނަ މަރުޙަލާ ނިމެން 2 އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ކަޒަކިސްތާން ސަރުކާރުން ހާމަކުރެއެވެ.

މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ އެޤައުމުން ބޭރުކުރާ މަހުގެ އަދަދު އިތުރުކުރުމެވެ. އެގޮތުން 2030ވަނަ އަހަރު އަންނަން ވާއިރަށް އަހަރަކު 270000 ޓަނުގެ މަސް ކަޒަކިސްތާނުން ބޭރުކުރުމަށް އެޤައުމުގެ ސަރުކާރުންވަނީ އަމާޒް ހިފާފައެވެ.

 

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!