ކޫއްޑޫގައި ކޮވިޑް ކޮންޓްރޯލް ވެއްޖެ، އެކްޓިވް ކޭސްތަކުގެ އަދަދު ދަށަށް

ކޫއްޑޫ
ކޫއްޑޫ

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއުން ކޯވިޑުގެ އެކްޓިވް ކޭސްތަކުގެ އަދަދު 30 އަށް ތިރިވެއްޖެއެވެ.

މިދިޔަމަހުގެ 29ވަނަ ދުވަހު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 46ގަ އެވެ. ކޫއްޑޫއިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަށް ދައްކާގޮތުން މިމަހުގެ މިހާތަނަށް އެރަށުން އިތުރު ޕޮޒިޓިވް ކޭސްއެއް ފެނިފައެއް ނުވެއެވެ.

ކޫއްޑޫ ފިޝަރީޒްއިން ޖުމްލަ 193 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

 

އަދި 163 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މީގެތެރޭގައި ހިމެނެނީ ކޫއްޑޫ މަސް ފެކްޓަރީގައި މަސައްކަތްކުރާ 143 މުވައްޒަފަކާއި، ކަލަމިންޖާގައި މަސައްކަތްކުރާ 5 މުވައްޒަފަކާއި، ރަންދި 29ގައި މަސައްކަތް ކުރާ 3 މުވައްޒަފަކާއި، ރަންދި 29ގައި މަސައްކަތްކުރާ 9 މުވައްޒަފަކާއި ރަންދި 25 އަދި ރަންދި 24ގައި މަސައްކަތްކުރާ 2 މުވައްޒަފުންނެވެ. ކޫއްޑޫގައި މިހާރުވަނީ ވެކްސިންގެ ދެވަނަ ޑޯސްވެސް އަލުން ދޭން ފަށާފައެވެ.

ކޫއްޑޫގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ކޫއްޑޫ ޖެޓީއަށް މަސް ކިރުން ވަނީ ވަގުތީގޮތުން ހުއްޓާލާފައެެވެ. ކޫއްޑޫގެ އޮޕަރޭޝަންތަށް ހުއްޓުމަކަށް އައީ ކޫއްޑޫ ޖެޓީ އާއި، ކޯލްޑް ސްޓޯރޭޖް އަދި ކަލެކްޓަރ ބޯޓުތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ އެކަހެރިކުރަން ޖެހުމުން ކަމަށް މިފްކޯއިން ބުނެއެވެ. މިވަގުތު މަސްކިރަނީ ކޫއްޑޫ ބޭރު ބަނދަރުން، މަހާ ކަލަމިންޖާ އަދި ހުވަދު އަތޮޅުގައި ހަރަކާތްތެރިވާ މަސްގަންނަ ބޯޓު ފަހަރުތަކުން ނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ