މަސްވެރިއަކަށް ކުއްލި ސިއްޙީ މައްސަލައެއް ދިމާވެގެން އަވަސް ސިއްޙީ ފަރުވާ ހޯދުމަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ތ. ހިރިލަންދޫ ބޮއެ ކައިރީ މަސްވެރިކަން ކުރަން އުޅުނު 'ދިރުން 2' ނަމަކަށް ކިޔާ ދޯނީގައި ހުރި އުމުރުން 21 އަހަރުގެ މަސްވެރިއަކަށް ކުއްލި ސިއްޙީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު މިއަދު މެންދުރުފަހު 13:05 ހާއިރު ދ. ކުޑަހުވަދޫއަށް ގެންގޮސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
މަސްދޯނިފަހަރު ބޭރުކަނޑުގައި އުޅެނިކޮށް މަސްވެރިންނަށް ދިމާވާ ސިއްޚީ ކުއްލި މައްސަލަތަކަށް އެމްއެންޑީއެފުން އަންނަނީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.