ދިގުރަށުގެ 4 ފަރާތަކާއި ކުދި ފާނަ ހަވާލުކޮށްފި

ދިގުރަށުގައި ފާނަ އަލާކުރުމުގެ މަސައްކަތް
ދިގުރަށުގައި ފާނަ އަލާކުރުމުގެ މަސައްކަތް

ފާނަ އާލާކުރުމުގެ މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން އދ. ދިގުރަށުގެ 4 ފަރާތަކާއި ކުދި ފާނަތަށް ހަވާލުކޮށްފިއެވެ.

ސަރުކާރުން ކުރިއަށްގެންދާ ފާނަ އާލާ ކުރުމުގެ މަޝްރޫޢުގެ ދަށުން މި ފާނަތަަށް މިހާރުވަނީ މޫދު ކޮށިތަކަށް ކާމިޔާބުކަމާއި އެކު ބަދަލުކުރެވިފައެވެ.

ފާނަ އަލާ ކުރުމުގެ  މިމަސައްކަތަކީ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.  މި މަޝްރޫޢަކީ ރާއްޖޭގެ ކަނޑުފަޅުގެ މުއްސަދިކަން ތަރައްޤީކޮށް ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޤްސަދުގައި 2017ވަނަ އަހަރު ފެށި 5 އަހަރު ދުވަހުގެ މަޝްރޫއެކެވެ.

ދިގުރަށުގައި ފާނަ އަލާކުރުމުގެ މަސައްކަތް

މި މަޝްރޫޢޫގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމެވެއަދިމަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތައް ތަރައްޤީކޮށް، ހިންގާބަލަހައްޓައި، ދިވެހިރާއްޖޭގެ މެރިކަލްޗަރ ސިނާޢަތުގެމަސައްކަތްތައް ހަރުދަނާކުރުމެވެ.

މިމަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކޮށް،އާންމު ރައްޔިތުންނަށް މެރިކަލްޗަރ މަސައްކަތުން އާމްދަނީލިއްބައިދިނުމަށްޓަކައި ފާނަ ބޮޑުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއްއ.ދ މަހިބަދޫ، އޮމަދޫ، ދަނގެތި އަދި ދިގުރަށުގައި ވަނީ ފަށާފައެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ހޮވިފައިވާ ގޭބިސީތަކަށް މޫދުކޮށްޓާއި ކުދި ފާނައާއި މަސް ކާނާގެ އިތުރުން، ފާނަ ބޮޑުކުރުމުގެކުދި ވިޔަފާރި ރާވާ ހިންގުމާއި ގުޅޭ ސިލްސިލާ ތަމްރީނުތައްވެސްކުރިއަށް ގެންދެވެއެވެ.

މި މަޝްރޫޢުގައި އާލާކުރާ ފާނަތައް ދަނީ ބޭރުގެ މާރުކެޓުތަކަށްވިއްކަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ