ށ. ކޮމަންޑޫގެ މަސްވެރިންނާއި ބައްދަލުކުރައްވަނީ،
ށ. ކޮމަންޑޫގެ މަސްވެރިންނާއި ބައްދަލުކުރައްވަނީ،

މަސްވެރިންގެ ހާލަތު ދެނެގަތުމަށް މިނިސްޓަރ މަސްވެރިންގެ ގާތަށް

ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ހާލަތު ދެނެގަތުމަށް ރާއްޖޭގެ ބައެއް ރައްރަށަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ހުސެއިން ރަޝީދު ހަސަން ދަތުރުފުޅެއްް ފައްޓަވައިފިއެވެ.
މި ދަތުރުފުޅުގައި ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ ށ، ނ އަދި ރ އަތޮޅުގެ ބައެއް ރަށްރަށަށެވެ. އެގޮތުން މިހާތަނަށް ވަނީ ށ އަތޮޅުގެ 2 ރަށަކަށް ޒިޔާރަށް ކުރައްވާފައެވެ. އެގޮތުން މިނިސްޓަރވަނީ ށ. މަޑިދޫ އަދި ށ. ކޮމަންޑޫއަށް ޒިޔާރަތްކުރައްްވާ އެރަށްރަށުގެ މަސްވެރިންނާއި ދަނޑުވެރިންނާއި ބައްދަލުކުރައްވާފައެވެ.
މިނިސްޓަރއަށް ށ.ކޮމަންޑޫއިން މަރުޙަބާ ކިޔުން
ފިޝަރީޒް މިނިސްޓަރގެ މި ދަތުރުފުޅާއެކު އެ އަތޮޅުތަކުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ފިޝަރީޒް މިނިސްޓަރު ކަމާއި ޙަވާލުވެވަޑައިގެންނެވި ފަހުން މިނިސްޓަރ ހުސެއިން ރަޝީދު ގެންދަވަނީ މަސްވެރިންނާއި ދަނޑުވެރިންނަށް ދިމާވެފައިވާ ދަތިތަށް ދެނެގަތުމަށްޓަކައި މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކަމާއި ގުޅުން ހުރި އެކި ފަރާތްތަކާއި އެކު އޮންލައިން ބައްދަލުވުންތަށްވެސްދަނީ ބާއްވަމުންނެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. ބަލަގަ ހ،ށ،ނ،ރ،ބ،ޅ،ކ، ގެ މަސްވެރިންނެއް ނޫން މި ރާއްޖޭގެ އިގްތިސާދުގެ ބޮޑުބައެއް މަސްވެރިކަމުގަ ތަކުލީފު އުފުލަނީކީ، އަންނަންވީ ކ. އަތޮޅުން ދެކޮނަށް. މިރާއްޖޭގެ މަސްވެރިކަމުގެޚަޒާނާއިން ދިވެހި ބަޖެޓަށް ބޮޑުތަނުން ފައިސާ ވައްދަނީ މި ދެކޮނުގެ މަސްވެރިންގެ ބުރަ މަސައްކަތު. ގަމާރުވެފަ ތިބޭ ބަޔަކަށް ދުވަހަކުވެސް އިނގޭނެ އެއްޗެއް ނޯންނާނެ.

  2. މަސްވެރިންގެ ހާލަތު ދެނެގަނެ މަސްކިލޯއެއްގެ އަގު މިހާރަށްވުރެ ބޮޑު ކުރެވޭކަށް ނެތް. މުޅި މާލެއިން އުތުރުގާ އޮތް ހަމައެކަނި މަސްކިރާ ސްޓޭޝަނެއް ހުރީ ފެލިވަރުގައި، ނަމަވެސް އެތަނަށް މަސް ކިރެނީ ދުވާލަކު 30 ޓަނު. ފެލިވަރު ކައިރީ އޮންނަ ދެތިން މަސްބޯޓަކަށް 30 ޓަނު މަސް ކިރޭ. މަސްވެރިކަން ރަނގަޅުވެއްޖެނަމަ 3 ދުވަހާއި 7 ދުވަހާއި ދޭތެރޭ މުއްދަތެއްގައި ނޫނީ މަސް ކިރޭނެ ގޮތެއް ނެތް. އަދި ދުވާލަކު ޓަނަކަށް ވުރެ ގިނައިން އައިހެއް ނުލިބޭ. ކިތެމެ ގިނައިން މަސްބޭނުނަސް މި އައިހުން އެބަޖެހޭ 30° އާއި 35° ދެމެދު ހުންނަ މަސް 3° އަށް ވުރެ ދަށުގައި ބަހައްޓަން އެބަޖެހޭ. މިހިރީ ހާލަތު ހުރި ގޮތް.
    ތިޔައީ ރިޔާސީ އިންތިހާބު ކައިރިވާވަރަކަށް އަޑުހަރުކޮށް ކިޔާ ލަވައެއް ދެއްތޯ.

  3. ރަގޅު މިނިސްޓަރެއް ނަމަ ވަޱައި ގަތީ ހީ އެ އަތޮޅުގައި ހުރި މީހުން ނުއުޅޭ ހުރިހާ ގިރި ފަޅުބައްލަވަން ތިޔައީ މަސްވެރިންނަށްހެވެއްއެދޭނެބައެއް ކަމަށްވިސްނާމީހަކަށް ބަކަރި ކިރުން ރިހާކުރު ހެދޭެނެ!