_119803507_mediaitem119803506

އިންސާނުންގެ ދަތްޕިލައާއި ވައްތަރު ދަތްޕިލައެއް ހުންނަ މަހެއް

އިންސާނުންގެ ދަތްޕިލަ އާއި އެއްގޮތް ދަތްޕިލައެއް ހުންނަ މަހެއް އެމެރިކާގެ މަސްވެރިއަކު ބާނައިފިއެވެ.

އެމެރިކާގެ ނޯތު ކެރޮލައިނާގެ މަސްވެރިއެއް ބޭނި މި މަމަހުގެ ފޮޓޯތަށް ސޯޝަލް މީޑިއާގައި މިހާރުވަނީ ވައިރަލްވެފައެވެ. އިންސާނެއްގެ ދަށްތަކާއި އެގޮތް ދަތްތަކެއް ހުންނަ މި މަހަކީ ޝީޕްސްހެޑް ފިޝް އެކެވެ. މިމަހަށް މި ނަން ކިޔަނީ މަހުގެ އަނގަމަތި ބަކަރިއަކާއި ވައްތަރުވުމުންނެވެ.

މިިމަސް ބޭނި ނޭތަން މާޓިން ބުނީ ޝީޕްސްހެޑް ފިޝް ގެ މަސް ވަރަށް މީރު ކަމަށެވެ.  ގިނަ ބައެއްގެ ސަމާލުކަން މި މަހަށް ލިބިފައިވާ އިރު، ފޯޓޯ ޝެއަރ ކޮށް އެއަށް ކޮމެންޓުތަށް ކުރާ މީހުންވެސް ވަރަށް ގިނައެވެ. ބައެއް މީހުން ބުުނަނީ އެމަހުގެ ދަތްޕިލަ އެމީހުންގެ ދަތްޕިލައަށްވުރެ ރީތި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!