ކުޑަހުވަދޫ ފަހި ދޯނި
ކުޑަހުވަދޫ ފަހި ދޯނި

ފަހި ދޯނި 8 ޓަނު މަހާއި އެކު ކުޑަހުވަދޫ ފަޅުތެރޭގައި ބަންދުވެފައި އޮންނަތާ 2 ދުވަސް

ފަހި ދޯނި 8 ޓަނު މަހާއި އެކު ކުޑަހުވަދޫ ފަޅުތެރޭގައި ބަންދުވެފައި އޮންނަތާ 2 ދުވަސް ވެއްޖެއެވެ.

މި ދޯނިން ވާހަކަދެއްކި މަސްވެރިއެއް ބުނީ ދޯނިން މަހަށްދިޔަ މީހެއް ކުޑަހުވަދޫއިން ޕޮޒިޓިވްވި ފަރާތަކާއި ޑައިރެކްޓްކޮންޓެކްޓުވެފައިވުމުން، މަހަށް ފުރި ދުވަހު އެމީހާ ދޯނިން ބާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭރު ދޯނީގެ ފަޅުވެރިން ކަރަންޓީންވާނެ ޖެހޭނެ ކަމަކަށް އަންގާފައި ނުވާ ކަމަށެވެ.

'އަންގާރަދުވަހު މަހަށް ފުރީ، އެދުވަހު އަންގައިފި ޑައިރެކްޓް ކޮންޓެކްޓެއް އެބަހުއްްޓޭ ދޯނީގައި، ވަގުތުން އެމީހާ ބާލައިފިން ދޯނިން، ދެން މަސް ބާނައިގެން ހުކުރު ދުވަހު ރަށަށް ލެފީ އައިސްވެސް މަދު ވެފައި ހުރީމައި، އެހިސާބުން ދޯނި ހިފަހައްޓައިފި، ދޯނި އެންމެން ޓެސްޓުވެސް ހަދައިފި، އެންމެން ނެގެޓިވް، އެކަމަކު ދުލެއް ނުކޮށްލާ، ވާންވީ ގޮތެއްވެސް ނާންގާ،" ފަހި ދޯނިން ވާހަކަދެއްކި މަސްވެރިޔާ ބުންޏެވެ.

ކުޑަހުވަދޫ ފަހި ދޯނި މަސްވެރިން

ދޯނީގައި ގިނަ އަދަދެއްގެ މަސް ހުރި އިރު، ގިނަ އިރު ވާ ވަރަކަށް މަހުގެ ކޮލިޓީވެސް ދާނީ ދަށްވަމުންނެވެ. އަދި މަސް ތާޒާކޮށް ބެހެއްޓުމަށް އިއްޔެ އެކަނިވެސް 2 ޓަނު އައިސް އަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

"ކުޑަހުވަދޫ ބޭރުގައިވެސް އެބައޮތް މަސް ކިރާ ބޯޓެއް، އެކަމަކު ހުއްދަ ނުލިބޭތީ މިތިބީ، އެއްވެސް ފަރާތަކުން ކިޔާނެދޭ ދެން ހަދަންވީ ކިހިނެތް ކަމެއް،" އޭނާ ބުންޏެވެ.

އޭނާ ބުނީ މިކަމުގައި ދެން ހަދަންވީ ގޮތެއް ބެލުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއި ވާހަކަދައްކަމުންދާ ކަމަށެވެ. އެހެން ނަމަވެސް އަދި އެއްވެސް ވަރެއްގެ އިރުޝާދެއް ލިބިފައިނުވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ކަލޯ ފަޒީލޫ އަށް ގުޅަ އޭ މީހަކީ ގުއި މެނޭޖަރު އެސޮރުބޭނުން ގޮތަކަށް ހޮސްޕިޓަލް ގަޝަން ހަވާލުކޮށްފަ ހޮރަށްވަދެ އޮންނަނީ