E8QrcK2VkAMW-08

ދުރުރާސްތާ-7 ދޯނީގެ މަސްވެރިއަކު ހާލުދެރަވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

މަސްވެރިއަކަށް ކުއްލި ސިއްޙީ މައްސަލައެއް ދިމާވެގެން އަވަސް ސިއްޙީ ފަރުވާ ހޯދުމަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ގއ. އެކަަފަރާ ކަނޑުގައި މަސްވެރިކަން ކުރަން އުޅުނު ‘ދުރުރާސްތާ-7’ ނަމަކަށް ކިޔާ ދޯނީގައި ހުރި އުމުރުން 53 އަހަރުގެ މަސްވެރިއަކަށް ކުއްލި ސިއްޙީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު މިއަދު މެންދުރުފަހު 13:51  ހާއިރު ގއ.ވިލިނގިލިއަށް ގެންގޮސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

މަސްދޯނިފަހަރު ބޭރުކަނޑުގައި އުޅެނިކޮށް މަސްވެރިންނަށް ދިމާވާ ސިއްޚީ ކުއްލި މައްސަލަތަކަށް އެމްއެންޑީއެފުން އަންނަނީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!