_DSC4906

ކޫއްްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 6ކަށް ތިރިވެއްޖެ

ކޫއްްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 6ކަށް ތިރިވެއްޖެއެވެ.

ކޫއްޑޫ ފިޝަރީޒްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަށް ދައްކާގޮތުން ބަލި ޖެހުނު 187 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ.

ކޫއްޑޫގެ ކޮވިޑް ކޭސްތަކުގެ އަދަދު ދަށްވެފައިވާއިރު، އެރަށް މިހާރުވަނީ މޮނިޓަރިންގެ ހާލަތުންވެސް ނަގާފައެވެ.  އެރަށް މޮނިޓަރިންގަށް ލާފައިވަނީ މިދިޔަ ޖޫންމަހުގެ 12ވަނަ ދުވަހުއެވެ. އަދި މިމަހުގެ 5ވަނަ ދުވަހު އެރަށްވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.

އަދި މިމަހުގެ 7ވަނަ ދުވަހުން ފެށިގެންވަނީ ކޫއްޑޫ ޖެޓީއިން މަސް ކިރަންވެސް ފަށާފައެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އެގޮތުން ކޫއްޑޫ ފެކްޓްރީއާއި މަސް ކިރާ ބޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭހެން މިހާރު 91 އިންސައްތަ މުވައްޒަފުންނަށް ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. އަދި 68 އިންސައްތަ މުވައްޒަފުންނަށްވަނީ ވެކްސިންގެ ދެވަނަ ޑޯޒް ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!