މަސްވެރިިންގެ ސިޔާސީ ޕާޓީ މިމަހުގެތެރޭ ރަޖިސްޓްރީ ކުރަން ހުށައަޅަނީ

9A8853D9-DC56-4CBB-B233-8ADF1EB375C3

މަސްވެރިިންގެ ސިޔާސީ ޕާޓީ މަމަހުގެތެރޭ ރަޖިސްޓްރީ ކުރާނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުން ބުނެފިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް، މަސްވެރިކަން ކުރިއެރުވުމަށް މަސްވެރިންގެ ޕާޓީއެއް އުފެއްދުމަށް ނިންމާ އެކަން ހާމަކުރީ މިދިޔަ މަހުގެތެރޭއެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ “ހަމްދު-6” ދޯނީގެ ކެޔޮޅު އަބްދުﷲ ރަޝީދެވެ. މާލެއަށް ނިސްބަތްވާ އަބްދުﷲ ރަޝީދު ބުނީ ސިޔާސީ ޕާޓީއެއް އުފައްދުމަށް ބޭނުންވާ ވަރަށް ސޮއި މިހާރު ލިބިފައިވާ ކަމަށެވެ.

ވިސްނުން ހުރީ ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކޮށް މަސްވެރިންނާއި ބައްދަލުކޮށް އެފަރާތްތަކާއި ވާހަަކަދައްކާލަން ބޭނުންވާ ކަމަށް އަބްދުﷲ ރަޝީދު ބުންޏެވެ.

" ކެޔޮޅުންނާއި އޮޑިވެރިންނާ ވާހަކަ ދައްކާލާ، ރަޖިސްޓްރީ ކުރުމުގެ ކުރިން ވާހަަކަދައްކާލާ ހަދަން ބޭނުންވަނީ، މަސްވެރިންނާއި ކައިރިން ވީހާވެސް ކައިރިން ބައްދަލުކުރުން ބޭނުންވަނީ، މިހާރުވެސް ލިބިފަ ހުރީ ޕާޓީ ރަޖިސްޓްރީ ކުރާ ވަރަށް ސޮއި،" އަބްދުﷲ ރަޝީދު ބުންޏެވެ.

މި ޕާޓީގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ވާދަކުރާނެ ކަމަށާއިޕާޓީއިން ނެރޭނީ މަސްވެރިންގެ ތެރެއިން ކިޔަވައިގެން ހުރި ކަމަށް ޤާބިލް މީހެއްކަމަށް އަބްދުﷲ ރަޝީދު ބުންޏެވެ.

އަބްދުﷲ ފާހަގަކުރިގޮތުގައި މަސްވެރިކަމަކީ އެންމެ ގިނަ ދިވެހިން މަސައްކަތް ކުރާ އެއް ދާއިރާއަށްވާއިރު، ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރަން ބޭނުންވާ މެޖޯރިޓީ ލިބޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ