ރ މީދޫ ބޭރުން އަޅާފައިވާ އޮއިވާލި ކަނދުފަތި (މީދޫ ބޮއި) ކަނޑައިގެން ގޮސްފިއެވެ.
މި ކަނދުފަތި އޮޔާދަނިކޮށް ބ. ކެންދޫ މަސްދޯންޏަކަށް ފެނިގެން ކަނދުފަތީގެ ބޮއި އެރަށަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މި ކަނދުފައްޗަކީ އެސަރަހައްދުގެ މަސްވެރިކަން އެންމެ ރަނގަޅު ބޮއި ކަމަށްވާތީ ވީހާވެސް އަވަހަކަށް މި ކަނދުފަތި އަޅައިދިނުމަށް މަސްވެރިން އެދެއެވެ.
ރާއްޖޭގެ ވަށައިގެން 56 ކަނދުފަތި ހަރުކޮށްފައި އޮންނައިރު، މިގޮތަށް ކަނޑައިގެންދާ ކަނދުފަތިތައް ހަރުކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ޚާއްސަ ޓީމެއް އޮވެއެވެ. އަދި ކަނދުފައްޗެއް ކަނޑައިގެން ދިއުމުން ރަސްމީ އިދާރާއަކުން މިނިސްޓްރީއަށް އެކަން އެންގުމުން ވީހާވެސް އަހަކަށް ކަނދުފަތި ހަރުކުރުމުގެ މަސައްކަތްކުރާކަމަށް މިނިސްޓްރީއިން މައުލޫމާތުއެއެވެ.
އެހެންކަމުން، ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، ކައުންސިލް އިދާރާ މެދުވެރިކޮށް އެ މައުލޫމާތު މިނިސްޓްރީއަށް ފޯރުކޮށްދިނުމަށް ހުރިހާ މަސްވެރިންވެސް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.