އުކުޅަހުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ސަރުކާރުންް އެއްްބާރުލުން ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރ ޑރ. ހުސެއިން ރަޝީދު ހަސަން މަޝްވަރާކުރައްވައިފިއެވެ.
އުކުޅަސްގައި މަސްވެރިކަން ކުރާ ފަރާތްތަކާއި، މަހުގެ އުފެއްދުންތަށް އުފައްދާ ފަރާތްތަކާއި އެކު ބޭއްވި މި ބައްދަލުވުމަކީ ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ހާލަތު ދެނެގަތުމަށް ރާއްޖޭގެ ބައެއް ރައްރަށަށް ފިޝަރީޒް މިނިސްޓަރ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އއ. ކުޅަހަށް ވަޑައިގެން ބޭއްވި މަޝްވަރާ ބައްދަލުވުމެކެވެ.
މިނިސްޓަރވަނީ އިއްޔެ އެއަތޮޅު ރަސްދޫއަށްވެސް ޒިޔާރަތްކޮށްފައެވެ. ރަސްދޫއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރވަނީ އެރަށަކީ ހަމައެކަނި ނަންހިނގާ ފަތުރުވެރިކަމުގެ މަންޒިލެއް ނޫން ކަމަށާއި، ރަށުބަދަރުގައި ނެތަސް، އެއީ ބޮޑުކަންނެލީ މަސްވެރިކަންކުރާ 17 އުޅަނދު އޮންނަ މަސްވެރި ރަށެއް ކަމަށް ވިދާޅުވެ ޓްވީޓުކުރައްވާފައެވެ. އަދި އެ ރަށަށް އައިސް ޕްލާންޓެއް ލިބުމާ ކަންނެއްޔަށް’ހަމައަގު’ ލިބުމަކީ މަސްވެރިންނާ ކައުންސިލުގެ އެންމެ ބޮޑު އެދުން ކަމަށްވެސް މިނިސްޓަރގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރގެ މި ދަތުރާއި ގުޅޭގޮތުން އިތުރަށް މަައުލޫމާތު ސާފުކުރުމަށް 'މަސްވެރިން.އެމްވީ' ގެ ފަރާތުން މިނިސްޓަރާއި ގުޅުމަށް މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބު ދީފައި ނުވާތީ މި ދަތުރާއި ގުޅޭ އިތުރު ތަފްސީލްތަކެއް ލިބޭގޮތް ވަނީ ނުވެފައެވެ.
މިނިސްޓަރގެ މި ދަތުރުގައިވަނީ މީގެކުރިން ށ. ކީކިމިނިއަށްވެސް ޒިޔާރަތްކުރައްވާފައެވެ. އަދި ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކާއި ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތަށްވެސް ވަނީ އޮޅުންފިލުވާފައެވެ.