230655697_881562256072458_2229783044824818472_n

ގާފަރު އައިސްޕްލާންޓު އެޅުމުގެ މަސައްކަތް ފަށައިފި

ގާފަރު އައިސްޕްލާންޓު އެޅުމުގެ މަސައްކަތް މިފްކޯއިން ފަށައިފިއެވެ. މިފްކޯއިން މިހާރުވަނީ މި މަސައްކަތްކަތަށް ބޭނުންވާ ސާމާނުވެސް ގާފަރަށް ގެންގޮސްފައެވެ.

ކ.ގާފަރު އައިސްޕްލާންޓްގެ މަސައްކަތް ނިންމަން މިފްކޯއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 31ވަނަ ދުވަހުއެވެ. އައިސްޕްލާންޓްގެ މަސައްކަތް މިފްކޯއާއި ހަވާލުކުރީ  150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އައިސްޕްލާންޓް އެޅުމުގެ މަސައްކަތުގެ ދުވެލި މަޑުވުން މަސްވެރިންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގާފަރު އައިސްޕްލާންޓްގެ މަސައްކަތް ފެށުން

13 ނޮވެމްބަރު 2019 ގައި ގާފަރު އައިސްޕްލާންޓް ޤާއިމް ކުރުމުގެ މަސައްކަތް ފުރަތަމަ ހަވާލު ކުރެވިފައިވަނީ VAMCO ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް މުއްދަތު ހަމަވިއިރުވެސް މަސައްކަތް ނުނިމުމާއި ގުޅިގެން އެކުންފުންޏާ މަޝަވަރާ ކުރުމަށްފަހު ފިޝަރީޒް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އައިސްޕްލާންޓް ޤާއިމްކުރުމުގެ އެއްބަސްވުން ބާތިލްކޮށްފައެވެ.

މި އައިސްޕްލާންޓްގެ މަސައްކަތް އޭރު ގޮސްފައިވާ ހިސާބަށް ބަލާއިރު ހަމައެކަނި ނިމިފައިވަނީ ފައުންޑޭޝަނާއި ވަށާފާރުގެ މަސައްކަތެވެ.25 ޓަނުގެ މިއައިސްޕްލާންޓް ޤާއިމްކުރަނީ 50 ޓަނުގެ ސްޓޯރޭޖަކާ އެކީގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!