232587391_2444362145697506_2191213984873204889_n

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ދިވެހި މަސްވެރިންގެ ޖަމްޢިއްޔާއިން ގެމަނަފުށީ ސްކޫލްގައި ބީޓެކް ކުލާސްރޫމެއް!

ދިވެހި މަސްވެރިންގެ ޖަމްޢިއްޔާ އިން އިސްނަގައިގެން ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ގެމަނަފުށީ ސްކޫލްގައި ބީޓެކް ކުލާސްރޫމެއް ތަރައްޤީކޮށްފިއެވެ.
މަސްވެރިން އެމްވީއަށް މައުލޫމާތުދެއްވަމުން ގެމަނަފުށީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ސައްދާމް ވިދާޅުވީ އެ ސްކޫލްގައި ބީޓެކް ހޮސްޕިޓަލިޓީ ކިޔަވާ 9 ދަރިވަރުން ތިބި ކަމަށެވެ. އަދި މީގެ ކުރިން އެކުދިން ޕްރެކްޓިސް ކުރަންދަނީ އެރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ކަމަށް ސައްދާމް ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތަޢުލީމާއި ކުޅިވަރު ޙަރަކާތްތަކުގެ އިތުރުން ތިމާވެށި ޙިމާޔަތްކުރުންފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. އަދި ހޮވާލެވޭ ޕްރޮޕޯސަލްތަކަށް ބީއެމްއެލުން  50000 ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދެއެވެ.
ބީއެމްއެލުން މިހާތަނަށް ގާތްގަނޑަކަށް 50 މަޝްރޫޢަށް ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް އެބޭންކުން ބުނެއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!