ރ. މަޑުއްވަރީ އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މަޑުއްވަރީ އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މިފްކޯއިން މިހާރުވަނީ މި މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު މަޑުއްވަރީއަށް ގެންގޮސްފައި ކަމަށް މަޑުއްވަރީ މަސްވެރިންގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.
މަޑުއްވަރީ އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، މިފްކޯއިންވަނީ ގާފަރު އައިސްޕްލާންޓްގެ މަސައްކަތް މިހާރު ފަށާފައެވެ.

ގާފަރާއި މަޑުއްވަރީގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް އެޅުމަށް ކުރިން ހަވާލުކޮށްފައިވަނީ ވީއޭ އެމްކޯއާއެވެ. އެހެން ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކޮށްފައިނުވާތީ ފިޝަރީޒ މިނިސްޓްރީއިން ވަނީ އެއްބަސްވުން އުވާލާފައެވެ. 25 ޓަނުގެ 2 އައިސް ޕްލާންޓް އެޅުމަށް ވީ އޭމްކޯއާ ހަވާލުކޮށްފައިވަނީ 14 ނޮވެމްބަރ 2019 ގައެވެ.
އަދި މި ދެ އައިސްޕލާންޓުގެ މަސައްކަތް ނިންމުމަށް މިފްކޯއާއި ހަވާލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 31ވަނަ ދުވަހުއެވެ. މި ދެރަށުގެ އައިސްޕްލާންޓްގެ މަސައްކަތް މިފްކޯއާއި ހަވާލުކުރީ 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.