މަދުން ނޫނީ ނުފެންނަ ވަތްތަރުގެ ކަކުންޏެއް އިނގިރޭސިވިލާތުގެ މަސްވެރިއެއް ހިފައިފިއެވެ.
މި ކަކުނީގެ އެންމެ އާދަޔާ ހިލާފް ކަމަކީ ކަކުނީގެ ބުރަކަށިމަތީ އޮންނަ ސްޕޮންޖްކޮޅެއް ކަހަލަ އެތި ކޮޅެއެވެ. މި ސިފައާއި އެކު މި ކަކުނި ވަތްތަރީ އަވަނުން ފިހެލާފައި އޮންނަ ޕޭސްޓްރީއަކާއި ކަމަށް މީހުން ބުނެއެވެ.
މަސްވެރިކަން ކުރާތާ 35 އަހަރު ވެފައިވާ އިއަން ޖެޕްސަން އަށް މި ކަކުނި ފެނިފައިވަނީ އިނގިރޭސިވިލާތުގެ ކޯންވޯލްގެ ޕެރަންޕޯތްގެ ކަނޑުގެ އަސޭރިންނެވެ.

އެ ހިސާބުގެ މީހުން މި ކަކުންޏަށް ކިޔާ ކަމަކީ 'ސްޕޮންޖް ކްރެބް'އެވެ. ކަކުނީގެ ބުރަކަށި މަތީ އޮންނަ ސްޕޮންޖް ކޮޅު ނައްޓާވެސް ލެއެވެ. ބުރަކަށި މަތީ ސްޕޮންޖްކޮޅު އޮންނަނީ ބާއްވާލާފައި ކަހަލަ ގޮތަކަށް ކަމަށެވެސް އިއަން ބުންޏެވެ.


