ގެމަނަ ފުށީ އައިސްޕްލާންޓް، ފޮޓޯ ޖަމީލް އުސްމާލް
ގެމަނަ ފުށީ އައިސްޕްލާންޓް، ފޮޓޯ ޖަމީލް އުސްމާލް

މައްސަލަތައް ދިމާވެފައި ހުރި އައިސްޕްލާންޓްތައް މަރާމާތު ކުރުމުގެ މަސައްކަތް ކޫއްޑޫ ފިޝަރީޒްއިން ފަށައިފި

ޓެކްނިކަލް މައްސަލަތަށް ދިމާވެފައި ހުރި އައިސްޕްލާންޓް ތަކުގެ ރިޕެއަރ މަސައްކަތް ކޫއްޑޫ ފިޝަރީޒްއިން ފަށައިފިއެވެ.

ކޫއްޑޫ ފިޝަރީސް ކޮމްޕްލެސްއިން ވިދާޅުވީ، ކޯވިޑް19ގެ ކޭސްތަކެއް ފެނިގެން ކޫއްޑޫ މޮނިޓަރިންގ ލުމުން ޓެކްނިކަލް މަައްސަލަ ދިމާވެގެން ، ކޫއްޑޫއިން ޓީމެއް ނުގޮސް ޓެކްނިކަލް މައްސަލަ ހައްލު ނުކުރެވިވާ އައިސްޕްލާންޓް ތަކުގެ ރިޕެއަރ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިގޮތުން މިދިޔަ ބުރާސްފަތި ދުވަހު ޓެކްނިކަލް ޓީމެއް ގޮސް ގއ.ގެމަނަފުށީ އައިސްޕްލާންޓް ރިޕެއަރކޮށް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށާއި މިއަދު ގދ.ފިޔޯރީ ، ގައްދޫ އަދި ގއ.ދާންދޫއަށް ރިޕެއަރ މަސައްކަތަށް ޓެކްނިކަލް ޓީމްތައް ފުރާފައިވާ ކަމަށްވެސް ކޫއްޑޫ ފިޝަރީސްއިން ހާމަކުރެއެވެ.

ކޫއްޑޫއިން ކޯވިޑް ކޭސްތަކެއް ފެނިގެން އެރަށް މޮނިޓަރިންގަށް ލާފައިވަނީ މިދިޔަ ޖޫންމަހުގެ 12ވަނަ ދުވަހުއެވެ. އަދި މިމަހުގެ 5ވަނަ ދުވަހު އެރަށްވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ. އަދި މިމަހުގެ 7ވަނަ ދުވަހުން ފެށިގެންވަނީ ކޫއްޑޫ ޖެޓީއިން މަސް ކިރަންވެސް ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!