ކަނޑުހުޅުދޫ ރައްޔިތުންނަށް ކޫއްޑޫއިން 600 ކިލޯ މަސް ހަދިޔާ ކޮށްފި

240891396_1375798299501933_1781201376089817449_n

ކޮވިޑްގެ ކޭސްތަކެއް ފެނިގެން މޮނިޓަރިންއަށް ލާފައވާ ގއ. ކަނޑުހުޅުދޫ ރައްޔިތުންނަށް ކޫއްޑޫ ފިޝަރީޒްގެ ފަރާތުން 600 ކިލޯ ކަނޑު މަސް ހަދިޔާ ކޮށްފިއެވެ.

ކަނޑުހުޅުދޫ ކައުންސިލުން ވިދާޅުވީ އެ ރަށް މޮނީޓަރިން ހާލަތުގައި އޮތުމުން، ރަށުގެ ރައްޔިތުން ކަނޑު މަސް ފޯރުކޮށް ދިނުމުގެ ގޮތުން ކައުންސިލް އިސްނަގައިގެން އަތޮޅު ކައުންސިލް ރާއީސް އެޙީތެރިކަމާ އެކު މިފްކޯ (ކޫއްޑޫ ފިޝަރީޒް)އިން އެރަށުގެ ރައްޔިތުންނަށް 600 ކިލޯ ކަނޑު މަސް ހަދިޔާ ކޮށްފައިވާ ކަމަށެވެ. ކަނޑުހުޅުދޫ ކައުންސިލުންވަނީ އެ އަތޮޅު ކައުންސިލް ރައީސް އަދި މިފްކޯ ( ކޫއްޑޫ ފިޝަރީޒް) އަށް ޝުކުރު އަދާކޮށްފައެވެ. 

ކަނޑުހުޅުދޫއިން މިހާތަނަށް 9 މީހަކުވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އެރަށުން ނެގި 184 ސާމްޕަލެއްވަނީ ކޮވިޑަށް ނެގެޓިވްވެފައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ