ނައިފަރުގައި އައިސް ޕްލާންޓެއް ތަރައްޤީކޮށް ހިންގާދޭނެ ފަރާތެއް ހޯދަނީ

ނަައިފަރު
ނަައިފަރު

ޅ. ނައިފަރުގައި އައިސް ޕްލާންޓެއް ޤާއިމްކޮށް، އައިސް ޕްލާންޓްގެ ޚިދުމަތް ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ނައިފަރު ކައުންސިލުން ބުނީ އެރަށުގައި އައިސްޕްލާންޓެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޯރމް އެކައުންސިލަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޯމް އީމެއިން މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ފޯމް ހުށަހެޅުމުގެ ފަހު ތާރީޙަކީ މިމަހުގެ 20ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

ނައިފަރަކީ މަސްވެރި ރަށެކެވެ. ގިނަ އަދަދެއްގެ މަސް ދޯނިފަހަރު އެރަށުގައި އޮންނަ އިރު އައިސްޕްލާންޓަކައި އެކު މަސްވެރިންނަނަށް އައިސް ހޯދުމަށް ފަސޭޙަވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ