މޮނިޓަރިންގެ ހާލަތުގައި އޮތް ނޮޅިވަރަމަށް ކުޅުދުއްފުށީގެ ދެ ވިޔަފާރީއަކުން ކަނޑުމަސް ހަދިޔާކޮށްފި

masee
ކުޅުދުއްފުށީގެ ފަރިރީތީ އަދި އެޑްމޭން ވިޔަފާރީގެ ފަރާތުން ނޮޅިވަރަމު ރައްޔިތުންނަށް 1.2 ޓަނުގެ ރޯ މަސް ހަދިޔާ ކޮށްފިއެވެ.
ހއ. ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހުސެއިން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ވަނީ ރައްޔިތުންގެ ނަމުގައިގައި މި ދެ ވިޔަފާރިއަށް ޝުކުުރުއަދާކޮށްފައެވެ. އަދި ކައުންސިލްގެ ފަރާތުން ހުރިހާ ގޭބީސީއަކަށް ހަމަހަމަގޮތެއްގައި މަސްފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެއެވެ.
ނޮޅިވަރަމުން ކޮވިޑް ކޭސްތަކެއް ފެނި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އޮގަސްޓުމަހު 28 ވަނަ ދުވަހުއެވެ. މޮނީޓަރިންގެ ހާލަތުގައި އޮންނަތާ ހަފްތާއެއްހާ ދުވަސް ވެފައިވާއިރު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 119 އަރާފަައެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ