މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރިމަަތިވަމުންދާ ގެއްލުންތަށް ކުޑަކުރުމަށްޓަކައި އެހީތެރިކަން ހޯދުމަށް އދ. ގެ ތިމާވެއްޓާ ބެހޭ ޒުވާނުންގެ ކޮންފަރެންސަށް "ދިވެހި މަސްވެރިން" ގެ ޖަމިއްޔާ އިން ޕެޓިޝަނެއް ހުށަހަޅަން ނިންމައިފިއެވެ.
މި ޕެޓިޝަންގެ ހުށަހަޅަން އެ ޖަމިއްޔާއިން ނިންމީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުން ޕްރޮމޯޓް ކުރުމާއި އެކަމަށް މީހުން ހޭލުންތެރިކުރުވުމެވެ.
އެ ޖަމިއްޔާގެ ރައީސް އަހުމަދު ޝާފިއު ވިދާޅުވީ މި ޕެޓިޝަން ހުށަހަޅަން ނިންމީ މިއީ ޕެޓިޝަނަކަށް ވުރެ ބޮޑަށް ދިވެހި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ބަޔާންކުރާ ސްޓޭޓްމަންޓެއް ކަމަށެވެ.
މި ޕެޓިޝަނުގައި އެ ޖަމިއްޔާ އިން ބުނެފައި ވަނީ ޖައްވު ހޫނުވުމުގެ ސަބަބުން މިހާރު ވެސް މުރަކަތައް ހުދުވުމުގެ މައްސަލަ ބޮޑުވެފައިވާއިރު، ފަރުތަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި އޭގެ ސަބަބުން ކުރިމަގުގައި މަސްވެރިކަމަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށެވެ. އަދި ޕްލާސްޓިކް ކުނީގެ މައްސަލަ ވެސް ބޮޑުވެފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
އުމުރުން 10-35 އަހަރާ ދެމެދުގެ މީހުންނަށް ސޮއިކުރެވޭ މި ޕެޓިޝަނަށް މަދުވެގެން 500 މީހުންގެ ސޮއި ބޭނުންވެ އެވެ.
އދ. ގެ ތިމާވެއްޓާ ބެހޭ ޒުވާނުންގެ ކޮންފަރެންސް އޮންނާނީ މި މަހު 31 އިން ނޮވެމްބަރު 12 ގެ ނިޔަލަށް އިނގިރޭސި ވިލާތުގަ އެވެ.