ބަންޔަން ޓްރީ މޯލްޑިވްސް ރިސޯޓް ކައިރީ މަސްވެރިކަމުގައި އުޅުނު ކަންނެލި ދޯންޏެއްގެ މަސްވެރިއެއްގެ ހާލު ދެރަވެގެން ކޯސްޓްގާޑުން ހަރަކާތްތެރިކަން ފޯރުކޮށްދީފިއެވެ.
"ރަން ދުވެލި" ނަމަކަށް ކިޔާ ދޯނީގައި ހުރި މި މީހާ ހާލު ދެރަވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ ރޭ 20:56 ހާއިރުއެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސް ހާލު ދެރަވި މީހާ، ރޭ 21:23 ހާއިރު މާލެ ގެނެސްދީފައެވެ.

މަސްދޯނިފަހަރު ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް މަސްވެރިންނަށް ދިމާވާ ސިއްޚީ ކުއްލި މައްސަލަތަކަށް އެމްއެންޑީއެފުން އަންނަނީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.