E-swwmkUcAMwJaD

ހިޔާ ފްލެޓް ލިބުނު އެންސިސްގެ މުވައްޒަފުންނަށް "އިންޓަރެސްޓް ފްރީ" ލޯން އެކުންފުނިން ދޫކުރަނީ

ހިޔާ ފްލެޓު ލިބުނު އެންސިސް ފިޝަރީޒްގެ މުވައްޒަފުންނަށް އިންޓްރެސްޓް ނުހިމެނޭ ލޯނުތަކެއް އެކުންފުނިން ދޭން ނިންމައިފިއެވެ.

އެންސިސް އިން ބުނީ މިއީ ފްލެޓް ލިބުނު އެ ކުންފުނީގެ މުވައްޒަފުންގެ ފްލެޓުތައް މަރާމާތުކޮށް ހެދުމަށް އެހީވުމުގެ ގޮތުން ދޭ ފައިސާގެ އެހީއެއް ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އެންސިސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްވާހިދު ތައުފީގު ވިދާޅުވީ އެކުންފުނިން ދެކޭގޮތުގައި މުވައްޒަފުންނަށް ރަނގަޅު މަސައްކަތުގެ މާހައުލެއް ހޯދައިދިނުމުގެ އިތުރަށް އިތުރަށް އަދި ފުޅާކޮށް މުވައްޒަފުންގެ ވެލްފެއަރ އާއި ދޭތެރޭވެސް ވިސްނަން ޖެހޭ ކަމަށެވެ.އެގޮތުން މުވައްޒަފުންގެ ޢާއިލާތަކަށް ދިރުއުޅުމުގެ މުހިންމު ލަނޑުދަނޑިތައް ހާސިލު ކުރުމަށް ހުރި ގޮންޖެހުންތަކަށް ލުއި ހޯދައިދިނުމަށް ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ވާހިދު ވިދާޅުވި އެވެ.

 

އެންސިސް ފިޝަރީޒްއިން ބުނީ އެކުންފުނީގެ މުވައްޒަފުންގެ ޒަރޫރީ ބޭނުމަށް ވަކި އުސޫލެއްގެ ދަށުން އިންޓްރެސްޓަކާ ނުލައި ލޯނު ދޫކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!