ފީނަންގޮސް އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެ

breaking

ބ. މާޅޮހުން ފީނަންގޮސް އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފީނަން ގޮސް އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު މިއަދު ހަވީރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

"ފީނަން ގޮސް އުޅުނު މީހެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން ބ. އަތޮޅު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވޭ. އަދި އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ. ނިޔާވެފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ