ތ. ވޭމަންޑޫގެ ކެޔޮޅުންނާއި އޮޑިވެރިންނާއި ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ބައްދަލުކުރައްވައިފިއެވެ.
ވޭމަންޑޫގައި ބޭއްވި މި ބައްދަލުވުމުގައި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ތަފްސީލްތަށް ފިޝަރީޒް މިނިސްޓްރީގެ ވެރިންވަނީ މަސްވެރިންނާއި ހިއްސާކޮށްފައެވެ. އަދި މަސްވެރިންނަށް ހުރި ދަތިތަކާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރީންވަނީ މައުލޫމާތު އޮޅުން ފިލުވާފައެވެ.

މަސްވެރިންގެ ހުރި ކަންބޮޑުވުންތަށް އޮޅުފިލުވާ ހައްދަލުތަށް ހޯދުމަށް ފިޝަރީޒް މިނިސްޓަރ އިސްކޮށް ހުންނަވައިގެން ރާއްޖޭގެ އެކި ރަށްރަށަށް ދަނީ ޒިޔާރަތްކޮށް މަސްވެރިންނާއި ބައްދަލުކުރައްވަމުންނެވެ.