ކެނދިކުޅުދޫގައި ގޭދޮށުމަސް ފެކްޓަރީއެއް ޑިޒައިންކޮށް އަޅައިދޭނެ ފަރާތެއް ހޯދަން އަނެއްކާވެސް އިޢުލާންކޮށްފިއެވެ.
ނ. އަތޮޅު ކެނދިކުޅުދޫގައި ގޭދޮށު މަސް ފެކްޓަރީއެއް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އިންޑިއަން ހައިކޮމިޝަންއާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ގޭދޮށުމަސް ފެކްޓަރީއެއް ޑިޒައިންކޮށް އަޅައިދޭނެ ފަރާތެއް ހޯދަން އެންމެ ފުރަތަމަ އިޢުލާންކޮށްފައިވަނީ މިދިޔަ މަހުގު 29ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާކަމަށް ކެނދިކުޅުދޫ ކައުންސިލުން ހާމަކުރެއެވެ.
އަލުން މި ކަމަށް އިޢުލާންކޮށްފައިވާއިރު، މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފާރާތްތަކުން 16 ސެޕްޓެމްބަރ 2021 ބުރާސްފަތި ދުވަހު 14:00 ކުރިން އެރަށު ކައުންސިލް އިދާރާއަށް ހާސިރުވެ، ނުވަތަ، އެ އިދާރާގެ ނަމްބަރު 6560013 ފޯނަށް ގުޅައިގެން ނޫނީ އީމެއިލް projects@kendhikulhudhoo.gov.mv މެދުވެރިކޮށް ބިޑްގައި ރަޖިސްޓްރީވާން ޖެހެއެވެ.
އަދި 20 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހުގެ 12:30 ގައި އެ އިދާރާގެ މީޓިންގް ހޯލުގައި އޮންނަ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާން ޖެހެއެވެ. އަދި 30 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ބިޑް ހުށަހަޅަންޖެހއެވެ.
ކެނދިކުޅުދޫގައި ތަރައްޤީކުރާ ގޭދޮށު މަސްް ފެކްޓަރީގައި ހުންނަން ޖެހޭ ބައިތަށްވެސް ކައުންސިލުންވަނީ އިޢުލާންގައި ހިމެނާފައެވެ. އެގޮތުން އެ ބައިތަކަކީ:
- ގޭދޮށު މަސްފެކްޓަރީ ގައި 20 ޓަނުގެ އައިސް އުފައްދާ އައިސް ޕުލާންޓެއް ހުންނަންވާނެއެވެ.
- މި ޕެކްޓަރީގައި 30 ޓަނުގެ މަސް ރައްކާކުރެވޭނެ އައިސް ސުޓޯރުތަކެއް ހުންނަށްވާނެއެވެ. ( ސުޓޯރުތައް ހުންނަންވާނީ 10 ޓަނުން ވަކިކުރެވިފައެވެ.
- ބުޗަރީ އޭރިއާ (މަސްކަނޑާ) 10 ސުޓޭސަންހުނަށްވާނެއެވެ.
- މަސްކިރާނެ އެރިއާ (5 ޑިޖިޓަލް- ސުކޭލެއާއެކު ހުންނަންވާނެ.
- ޕުރޮސެސިންގް އޭރިއާ (މަސްބަންދުކުރާ 6ސުޓޭސަން ހުންނަންވާނެއެެވެ.
- އޮފީސް ކޮޓަރިއަކާއި، ތަޙްލީލުކޮށް، ކުއަލިޓީ ޗެކުކުރާނެ ލެބޯޓަރީއެއް ހުނަންވާނެއެވެ.
- ޑުރައި އައިޓަމްސް ރައްކާކުރާނެ ސުޓޯރެއް ހުންނަންވާނެއެވެ.
- މުއައްޒަފުން ބޭނުންކުރަން 2 ފާޚާނާއާއި މަސްވެރިންނަށް ބޭނުން ކުރާނެ 2 ފާޚާނާ (ޕަބުލިކް ޓޮއިލެޓް) ހުންނަންވާނެއެވެ.
- ހުރިހާ ސުޓޭސަންތަކެއްގައި ބޭނުންކުރާނެ މޭޒަތައް ތައްޔާރުކުރެވިފައި ހުންނަންވާނީ ފުޑް ގުރޭޑަށް ބޭނުންކުރެވޭނެ، އެސް، އެސް (ސްޓޭންލެސް ސްޓީލުންނެވެ)
10. 100 ކިލޯ ވޯޓްގެ ސައުންޑު ޕުރޫފް ޖަނެރޭޓަރެއް، އައިސް ޕުލާންޓާއިއެކު ހުންނަންވާނެއެވެ.
ހުށަހަށާ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި އަގަށް %60 މާކްސް އަދި މަސައްކަތުގެ ތަޖްރިބާ އަދި ފަންނީ ޤާބިލްކަމަށް %20 މާކްސް އަދި މަސައްކަތުގެ މުއްދަތަށް %20 މާކްސް ދިނުމަށްވަނީ ހަމަޖެހިފައެވެ.


