13697BB5-B31A-4294-A7D8-F16802C941E9

40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާރޓު ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފިއެވެ.

ޔެލޯ އެލާޓް ނެރެފައި ވަނީ ޅ.އަތޮޅުން ފެށިގެން ގދ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

މިއަދު 12:00 އާއި ހަމައަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައި ވަނީ 40 މޭލަށް ވައި ގަދަވުމުގެ އިތުރުން ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އެކަށީގެންވާކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

ހުރިހާ ސަރަހައްދެއްގައި ވެސް އާއްމުގޮތެއްގައި ކަނޑުތައް ގަދަވާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!