މަސްދޯންޏެއްގައި މިހާތަނަށް އެޅި އެންމެ ބޮޑު އިންޖީނު ގއ ދާންދޫ "ސީސަން" ދޯނީގައި އަޅައިފި

241706178_371342694624995_7539339898819352113_n

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި އެކު ރާއްޖޭގައި ދުއްވާ ދޯނި ފަހަރުތަކަށްވެސް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. މިގޮތުން ފާހަގަކޮށްލެވޭ ބަދަލެއް މިވަނީ ގއ. ދާންދޫގައި ދުއްވާ ސީސަން ދޯންޏަށް ގެނެސްފައެވެ.

101 ފޫޓު ދިގު މި ދޯނި ވެފައި މިވަނީ ރާއްޖޭގައި މިހާތަނަށް އެޅި އެންމެ ބޮޑު އިންޖީނު އެޅި މަސް ދޯންޏަށް ވެފައެވެ. މި ދޯނީގައި އަޅާފައިވަނީ 1390 ހޯސްޕަވަރުގެ މިޓްސްބުޝީ އިންޖީނެކެވެ. ރާއްޖޭގައި މިހާރު ދުއްވާ ދޯނި ފަހަރުގައި އެންމެ ބޮޑު އިންޖީނަކަށް އާއްމުކޮށް އަޅާފައި ހުންނަނީ 1000 ހޯސްޕަވަރުގެ އިންޖީނެވެ.

ސީސަން ދޯނީގައި އެޅި ބޮޑު އިންޖީނު: ފޮޓޯ: މަރަދޫ މަސްވެރިން

ދޯނީގެ އިންޖީނަށް ގެނައި ބަދަލާއި ގުޅޭގޮތުން މަސްވެރިން އެމްވީއާއި ވާހަކަދައްކަމުން ސީސަަން ދޯނީގެ ކެޔޮޅު އަޒުވާދު ފާރޫޤު ބުނީ ދޯނީގެ އިންޖީނު 1390 ހޯސްޕަވަރުގެ އިންޖީނަކަށް ބަދަލުކުރީ، ދޯނީގެ ދުވެލި ހަލުވިކޮށް ތެޔޮ ޙަރަދު ކުޑަކުރުމަށް ކަމަށެވެ. މި އިންޖީނާއެކު ގަޑިއަކު 16 މޭލު ބާރުމިނުގައި މި ދޯނި ދުވެއެވެ. އަދި އެމާއެކު ބަރުކޮއްގެން 14 މޭލު ދުވާކަމަށް ކެޔޮޅު ބުންނެވެ.

"މަސްވެރިކަމުގައި އުޅޭއިރު ތެޔޮ ޙަރަދު ދެން ވަރަށް ކުޑަވާނެ، އިންޖީނަށްވެސް ލޯޑްވަރަށް ކުޑަވާނެ،" އަޒުވަދު ބުންޏެވެ.

އިންޖީނު ބަދަލު ކުރުމަށް ސީސަން ދޯނީގެ އޮޑިވެރިޔާ ވަނީ ބޮޑު ޙަރަދެއް ކޮށްފައެވެ. ކެޔޮޅު އަޒުވާދު ބުނީ މި ބަދަލަށް ދޯނީގެ ވެރި ފަރާތުން 6 މިލިއަން ރުފިޔާއާއި ގާތްކުރާ އަދަދަކަށް ފައިސާ ޙަރަދުކޮށްފައިވާ ކަމަށެވެ.

އިންޖީނު ބެހައްޓުމުގެ މަސައްކަތް ނިންމާ އެދޯނިން ދަނީ މަހަށް ފުރުމަށް ތައްޔާރުވަމުންނެވެ. ޓެސްޓު ދަތުރުވެސް މިހާރު ކޮށްފައިވާއިރު، މި އިންޖީނަށް އެހެން ދޯނިފަހަރުތަކުވެސް ބޮޑު ޝައުގުވެރިކަމެއް ވަނީ އުފެދިފައެވެ.

"ފުދޭވަރަކަށް ގިނަ ފަރާތުންދަނީ މައުލޫމާތު ހޯދަމުން، ވެރިފަރާތާއިވެސް ގުޅާ ހަދާ، މީގައި މަސައްކަތްކުރި އިންޖީނިއަރުންނާއިވެސް ގުޅޭ ހަދާ، އަދި ޓެސްޓު ދަތުރުގައިވެސް އެހެން ދޯންޏެއްގެ ވެރި ފަރާތަކުން ދިޔަ،" އަޒުވާދު ބުންޏެވެ.

ސީސަން ދޯންޏަކީ މިހާރު ރާއްޖޭގައި ދުއްވާ ދޯނިފަހަރުތަކުގެތެރެއިން އެންމެ ޒަމާނީ ވަސީލަތްތަށް ޤާއިމްކޮށްފައިވާ ދޯނިތަކުގެތެރޭގައި ހިމެނޭ ދޯންޏެކެވެ. އެގޮތުން ބޯފެން އުފައްދާ ޕްލާންޓެއް ބަހައްޓާ،  ލޮނު ފެނުން އައިސް އުފައްދާ ނިޒާމް، އާރުއެސްވީޕީ ސިސްޓަމެއްވެސް މި ދޯނީގައި ވަނީ ބަހައްޓާފައެވެ. ކެޔޮޅު އަޒުވާދު ފާހަގަކުރިގޮތުގައި އާރުއެސްވީޕީއަކީ ވަރަށް ބޭނުންތެރި ސިސްޓަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

4 Responses

  1. ބޮޑު އިންޖީނެއް އަޅައިގެނަ ތާރިޙުގެ ތެރެއަށް ވަދެވުނަސް ގަދިޔަކު ފީފާއެއްގެ ތެޔޮ ހަރަދުކޮގެން ކުރަން އުޅޭކަަމެ ނޭގޭ.

    1. ޢެމް އެމް ޕީ އާރް ސީ ގެ ލާރިގަނޑު ވިއްޔާ އޯކޭވާނެ

  2. އަހަރުން ރަށު އާށާން ވެސް 16މޭލު ދުވޭ އޭގަ ހުންނަނީ 750ހޕ ގެ އިންޖީނެއް.. ކިތަންމެ ބޮޑު އިންޖީނު އެޅިޔަސް ކިއްސަރު ސަކަރާތް އޮޑިއެއް ނުދުވާނެ...

  3. ތިވަރުގެ ބޮޑު އިންޖީނެއް އެޅުމަކީ ބޭކާރުކަމެއްް. ތެޔޮ ހަރަދު ކަނޑާފަ ފަޅުވެރިންނަށް ލިބޭ އެތިކޮޅު މަދުވާނެ

ފަހުގެ