ދިރުން-4 ގެ މަސްވެރިޔަކު ހާލުދެރަވެގެން ކޯސްޓްގާރޑުން އެހީތެރިކަން ފޯރުކޮއްދީފި

242160153_4620729767938461_4300912530969112158_n

ތ. ވޭމަންޑޫ ދިރުން-4 ގެ މަސްވެރިޔަކު ހާލުދެރަވެގެން ކޯސްޓްގާރޑުން އެހީތެރިކަން ފޯރުކޮއްދީފިއެވެ.

އެމްއެންޑީއެފުން ބުނީ ތ. އެލާ ބޮއި ކައިރީ މަސްވެރިކަން ކުރަން އުޅުނު ދިރުން-4 ދޯނީގައި ހުރި 18 އަހަރުގެ މަސްވެރިއެއްގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އަވަސް ފަރުވާއަށް އެ ޒުވާނާ ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 10:54 ގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ދިރުން-4 ދޯންޏަކީ މަސްވެރިކަމުގައި އުޅެނިކޮށް ބިންދައިގެން ދެ ބުރި ވަކިވި ދޯންޏެކެވެ. މަރާމާތަށްފަހު އެ ދޯނި މަސްވެރިކަމަށް ނިކުމެފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ