amru sto

ދާދި އަވަހަށް މަސްވެރިން ބާނާ މަހަށް ބޮޑު އަގެއް ދެވޭނެ: އަމްރު

ދާދި އަވަހަށް މަސްވެރިންނަށް ބާނާ މަހަށް ބޮޑު އަގެއް ދެވޭނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސެއިން ޢަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ, އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިނަށް ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ގދ. ތިނަދޫގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރެއްމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އަމްރު ވިދާޅުވީ މިފްކޯގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި މިފްކޯގެ ކަންކަން ރަނގަޅުކޮށް މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ކަންކަން މިހާރު ކުރަމުން ދާކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވިއްޖެ. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޔަޤީންކަން އެބައޮތް މަސްވެރިން ބާނާ މަހަށް ބޮޑު އަގު އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ލިބިގެންދާނެ ކަމަށް. އެ ޔަޤީންކަން މިހާރު ކުރެވޭ މަސައްކަތުގެ ތެރެއިން އެބައޮތް." އަމްރު ވިދާޅުވިއެވެ.

މިފްކޯގެ ހާލަތު ގޯސްވެ ކުންފުނި ދަރަނިވެރި ވުމުގެ ސަބަބުން މިފްކޯ ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!