މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރުމަކީ ވަރަށް ކުރިން ފެށިގެން މަސްވެރިން އެދެމުން އައި ކަމެއް: ގާފަރު ކައުންސިލް

242435175_907907076771309_481657331088739435_n

މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރުމަކީ ވަރަށް ކުރިން ފެށިގެން މަސްވެރިން އެދެމުން އައި ކަމެއްކަމަށް ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ސަރުކާރުން ނިންމާފައިވަނީ ގާފަރުގައެވެ. މިކަން އިއުލާން ކުރުމާއެކު މިކަމުގެ މަޝްވަރާތަކަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ކ. ގާފަރަށް ޒިޔާރަތްކުރައްވާފައެވެ.

މިނިސްޓަރު އެރަށަށް ކުރެއްވި މި ޒިޔާރަތުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށުގައި ކުރިއަށްގެންދާނެ ހަރަކާތްތަކާއި، މި ކަންތައްތަކުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ބޭނުންވާނެ އެހީތެރިކަމާއި ގުޅޭގޮތުން ރަށު ކައުންސިލާއެކު މަޝްވަރާކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މަސްވެރިން އެމްވީ އާއި ވާހަކަދައްކަމުން ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް ވިދާޅުވީ، އެރަށުގައި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ބޭއްވުމަށް ވިސްނާފައިވާކަމަށެވެ.

"މަސްވެރިންގެ ދުވަސް އެރަށުގައި ފާހަގަކުރުމަކީ ވަރަށް ކުރިން ފެށިގެން މިރަށުގެ މަސްވެރިން އެދެމުން އައި ކަމެއް، މިރަށުގައި މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ތަފާތު އެކި ހަރަކާތްތަށް ބޭއްވުމަށް މަޝްވަރާކުރެވެމުންދަނީ، އެކި ކަހަލަ ކުޅިވަރުތަށްވެސް ބޭއްވުމަށް ވިސްނުން ހުރީ،" މުބައްޝިރު ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރާ މިއީ ފުރަތަމަ ފަހަރެވެ. ގާފަރަކީ މަސްވެރި ރަށެކެވެ. އެގޮތުން 25 މަސް ދޯނި އެރަށުގައި އޮންނަ އިރު، އެރަށުގެ އާބާދީގެ ބޮޑު ބައެއް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ރަނގަޅު ވާހަކައެއް އެބޭފުޅާވެސް ކައުންސިލް ހިންގުމުގެ ބަދަލުގައި ކޮށްއުޅޭކަމަކީ މަސްވެރިކަން

ފަހުގެ