ޕާސަނަލް ކޮމްޕިއުޓަރގެ އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ، ފޮޓޯ- ވަން އޮންލައިން
ޕާސަނަލް ކޮމްޕިއުޓަރގެ އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ، ފޮޓޯ- ވަން އޮންލައިން

ފާސަނަލް ކޮމްޕިއިޓަރސް މަސްވެރިންނަށް ހެޔޮ އަގެއްގައި ލެޕްޓޮޕާއި ކޮމްޕިއުޓަރު ފަދަ ސަމާނު!

ޕާސަނަލް ކޮމްޕިއުޓާސްގެ އެމްބެސަޑަރަކަށް ޒުވާން މަސްވެރިޔާ ހަމަޖައްސާ، މަސްވެރިންނަށް ހެޔޮ އަގެއްގައި ލެޕްޓޮޕާއި ކޮމްޕިއުޓަރ ސަަމާނު ވިއްކަން ފަށައިފިއެވެ.

ޕާސަނަލް ކޮމްޕިއުޓާސްއަކީ ލެނޯވޯ ބްރޭންޑްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރއެވެ. ޕާސަނަލް ކޮމްޕިއުޓާސް އިންވަނީ ލެނޯވޯ ބްރޭންޑަށް ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ.

މަސްވެރިން އެމްވީއާއި ވާހަކަދައްކަމުން ޕާސަނަލް ކޮމްޕިއުޓަރސްއިން ވިދާޅުވީ ޒުވާން މަސްވެރިންއާ މެދުވެރިކޮށް އެ ފިހާރައަށް އަންނަ މަސްވެރިންނަށް ޑިސްކައުޓް އަގެއްގައި ކޮމްޕިއުޓަރ ސާމާނު ވިއްކަމުންދާނެ ކަމަށެވެ.

އަދި ކުރިއަށް އޮތްތާގައި ޕްރޮމޯޝަންތަކެއްް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ އޭނާ ވިދާޅުވިއެވެ.

" މިހާރު އެބަ މަސައްކަތްކުރަން މަސްވެރިޔާ ކާޑުގެ އެހީގައި މަސްވެރިން ވެރިފައި ކުރެވޭނެ ނިޒާމެއް ޤާއިމްކުރެވޭތޯ، އޭރުން މަސްވެރިންނަށް ފަސޭޙައިން ޑިސްކައުންޓްތައް ދެވޭނެ، ފިޝަރީޒް މިނިސްޓްރީއާއި އެކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.

ޒުވާން މަސްވެރިޔާ ސާޖިން ބުނީ، ޕާސަނަލް ކޮމްޕިއުޓާސްގެ އުފެއްދުންތަށް މަސްވެރިންނަށް ހެޔޮ އަގެއްގައި ލިބޭނެ ގޮތެއް ފަހިވެގެން ދިޔުމުން އެކަމާ އުފާ ކުރާކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން ވީހާވެސް ގިނަ މަސްވެރިން ހިފުން މުޙިއްމު ކަމަށް ސާޖިން ބުންޏެވެ.

ޕާސަނަލް ކޮމްޕިއުޓާސްއަކީ ރާއްޖޭގައި ލެޕްޓޮޕާއި ކޮމްޕިއުޓަރު ވިއްކުމުގައި ގިނަ ބައެއްގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ ފިހާރައެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!