20210926_174733

ހެނބަދޫއަށް ގިނަ އަދަދެއްގެ ލެންޓާން ފިޝް ލައްގައިފި

ނ. އަތޮޅު ހެނބަދޫއަށް ގިނަ އަދަދެއްގެ ލެންޓާން ފިޝް ލައްގައިފިއެވެ. މި މަހަކީ ކަނޑުގެ ވަރަށް އަޑީގައި އުޅޭ މަހެކެވެ.

ހެނބަދޫއިން މަސްވެރިން އެމްވީ އާއި ވާހަަކަދައްކާލި ފަރާތެއް ބުނީ އެރަށަށް އެ ވަތްތަރުގެ މަސް އެކި ދުވަސްވަރު ލައްޤާ ކަމަށެވެ. އެގޮތުން ވިއްސާރަ ދުވަސްވަރު މި މަސް ލައްގާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

ލެންޓާން ފިޝް އާއްމުގޮތެއްގައި އުޅެނީ 100 މީޓަރު އަޑީއެވެ. ލެންޓާން ފިޝް އަށް ދިވެހިން ކިޔާ ރަސްމީ ނަމެއް ނޯވެއެވެ. އެހެން ނަމަވެސް ހެނބަދޫއަށް މި މަސް ލައްގާތީ އެރަށު މީހުން މި މަހަށް ކިޔާ އުޅެނީ ' ކެރަފަތި' އެވެ.

މިމަހަކީ ކެއުމަށް ބޭނުންކުރާ މަހެއް ނޫނެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މާރޯނު އެދުރުވެގެން ނޫޅޭތި! ދިވެހި ވެށީގައި، ދިވެހި ކަނޑުފަޅުގައިވެސް ދިވެހިން ނަން ނުކިޔާ އެއްވެސް އެއްޗެއްނުވާނެ!