މަހަށް ހަމައަގު ލިބޭނީ ފެލިވަރު ތަރައްޤީކޮށްގެން، އެއީ 2023 ވަނަ އަހަރު: ފިޝަރީޒް މިނިސްޓަރު

ފިޝަރީޒް މިނިސްޓަރ
ފިޝަރީޒް މިނިސްޓަރ

މަސްވެރިންނަށް ހަމަ އަގު ދިނުމުގެ ވައުދު ފުއްދޭނީ ޅ. ފެލިވަރުގައި މިހާރު ހިންގަމުން އަންނަ މަޝްރޫއު ނިމުމުން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ރައްޔިތުންގެ މަޖްލީހުގައި މިނިސްޓަރު ހުސެއިން ވަނީ މި ސަރުކާރުގެ ވައުދެއް ކަމަށްވާ މަސްވެރިންނަށް "ހަމަ އަގު" ހޯދައިދިނުމުގެ ވައުދު ފުއްދައިދެވޭނީ ކޮން އިރަކުތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ ފެލިވަރު ތަރައްޤީކުރުމުގެ މަޝްރޫޢުޢަ ގުޅޭ ތަފްސީލްތައް ހިއްސާކޮށްފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ 35 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓާއެކު ފެލިވަރުގައި 280 ޓަނު ރޯމަސް ގަނެ، ފްރީޒްކުރުމުގެ ގާބިލްކަން ލިބިގެން ގޮސް، އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި ފެލިވަރުގެ ކޭނަރީވެސް އަޕްގްރޭޑްކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ސަރުކާރުން މި ދަނީ އެތަން 100 ޓަނު ދުވާލަކުު ގަނެ ޕްރޮސެސްކުރެވޭ ގޮތަށް ބަދަލުކުރަމުން. މިއީ މިއިން ޒަމާނަކު ވެސް ރާއްޖޭގައި ނުކުރާ ފަދަ އިންވެސްޓްމެންޓެއް," މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓުގެ ދަށުން އަޅާ އައިސް ޕްލާންޓާއި ބަޖެޓުން ހަރަދުކޮށްގެން އަޅަމުން ގެންދާ އައިސް ޕްލާންޓާއެކު 175 ޓަނުގެ އައިސް ފެލިވަރުގައި އުފެއްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މި ޕްރޮޖެކްޓް މިހާރު އޮތީ ފެށިފައި ކަމަށާއި، 2023 ވަނަ އަހަރުގެ މެދު ތެރޭގައި ނޫނީ އޭގެ ކުރީކޮޅު މަސައްކަތްތަށް ނިމޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ