މަސްދޯންޏެއްގެ މަސްވަތް - ފޮޓޯ: މަސްވެރިން އެމްވީ
މަސްދޯންޏެއްގެ މަސްވަތް - ފޮޓޯ: މަސްވެރިން އެމްވީ

ޔޫރަޕަށް ބޭރުކުރާ މަހުން ޑިއުޓީ ކަނޑާލަން މަޝްވަރާ ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވެއްޖެ

ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓް ކުރަމުންދާ މަހުގެ ޑިއުޓީ އުނި ކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ދިވެހިރާއްޖެއިން ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި %22 މިހާރު ނަގަމުންދާ ކަމަށެވެ. ޑިއުޓީ ކަނޑާލުމުގެ މަޝްވަރާތަށް ދާދި ފަހުންވެސް ކުރެވުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިމަޝްވަރާތަކުގެ ތެރެއިން މިހާރު ޑިއުޓީ ދައްކަން ނުޖެހޭ ޤައުމުތަކެއް ކަނޑައެޅުމުގެ ކަންކަން ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދާދި ފަހުންވެސް ޔޫރަޕިއަން ޔޫނިއަންއާއި ދިވެހި ވަފުދަކުން ވާހަކަ ދެއްކި ކަމަށެވެ. އެމީހުން މިހާރު ޕްރޮޕޯޒްކޮށްފައި އެބަހުރި ތިމާވެށީގެ ކަންކަމުގައި ސަސްޓެއިންޑްކޮށް މަސައްކަތްކުރާ ގައުމުތަކާއި ދެމެހެެއްޓެނެވި ތަރައްގީއަށް މަސައްކަތްކުރާ ގައުމުތަކަށް އިސްކަން ލިބޭ ގޮތަށް ޑިޔުޓީ އެކްޒެމްޕްޝަން ފަރުމާކުރުމަށް އެބަހުށަހަޅުއްވާ. އެމަސައްކަތް ދިވެހި ސަރުކާރާއި އެކު އެބަކުރެވޭ. އެމަސައްކަތް ކުރެވުނީމަ މިހާރު މިދައްކާ ޑިއުޓީ ނުދައްކާ އެހެން ގައުމުތަކެކޭ އެއްގޮތަށް އަޅުގަނޑުމެންނަށް އެކަން ކުރެވުނީމަ މަހުގެ އަގު މިހާރަށް ވުރެ މައްޗަށް ގެންދެވިދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މީގެކުރިން ދިވެހި ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓުކޮށްފައި ވަނީ ޑިއުޓީ އަކާއިނުލައެވެ. ނަމަވެސް ސްރީލަންކާފަދަ އަވައްޓެރި ޤައުމުތަކުން ޔޫރަޕަށް މަސް ބޭރުކުރަނީ އެއްވެސް ޑިއުޓީއަކާ ނުލައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!