އުނިޔައަކީ ރާއްޖޭގެ ތިލަފަޅުތަކުގައި 20 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ.
ކުދި އުނިޔަ ރަށްރަށުގެ ގޮނޑުދޮށް ތަކުގައި ކުދި އައިން ހޯދައިގެން ބައިބަޔަށް އުޅެއެވެ. އުނިޔަ ގިނައިން އުޅެނީ ފަޅުފަޅުގެ ދޮންވެލި ހުންނަ ހިސާބުތަކުގައެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެކެވެ. ކުދި އުނިޔައަކީ ކުޑަކުދިން ގޮނޑުދޮށަށް މޫދަށް އެރިއުޅޭއިރު މަޖަލަކަށްވެގެންވެސް ހިފާއުޅޭމަހެކެވެ. އަދި ފަޅުގައި ދާއަޅާ މީހުން ގިނަ ޢަދަދަކަށް އުނިޔަ ހިފާއުޅެއެވެ.
މިމަސް އެންމެ ބޮޑުވަނީ 25 ސެންޓިމީޓަރަށެވެ. މަހުގެ ކާނާއަކީ ވެލިގަޑުގައި ވަޅުޖަހައިގެން އުޅޭ ތަފާތު ބާވަތުގެ ކުދި ދިރުންތަކެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 ހަރުކަށްޓާއެކު 10 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 7 މަޑުކަރިހުރެއެވެ. މަހުގެ ހަށިގަޑުގައި ބޮޑެތި އެހެނަސް ތުނިހުޅުނބުތަކެއް ހުރެއެވެ. މަހުގެ ކޯތާފަތުގައްޔާއި ކަރުތާފަތްގަޑުގެ މަތީގައިވެސް ހުޅުނބު ހުރެއެވެ. މަހުގެ ނިގޫފަތް ހުންނަނީ ވަރަށް ބޮޑަށް ކަފިކޮށްނެވެ. މަހުގެ މަތީ ކޮތަރިބައިގެ ފުރަތަމަ ކަށި އެހެނިހެން ކަށިތަކަށްވުރެ މާބޮޑަށް ކުރެވެ. މަހުގެ މަތީބައިގެ ކުލައަކީ އަޅި މުށި ކުލައެވެ. ބަނޑުދަށް ފަރާތާއި އަރިމަތީ ކުލައަރީ ރިހި ވިދުންގަދަ ކުލައެކެވެ. މަހުގެ ބުރަކަށި މަތީގައި 7 ވަރަކަށް ހުރަސް ގަޅި ފުނޑުކޮށްހުރެއެވެ. މަހުގެ މަތީކޮތަރިބައިގެ ދެކަށިދޭތެރޭގައި ހުންނަ ދުލިފަށް ހުންނަނީ ކަޅު ކުލައިގައެވެ.
2 Responses
މަސްދިވެހިން ބާނާާގޮތްވެސް ލިޔެލިނަމަ އިތުރައް ލިޔުން ފުރިހަމަވީސް
މަސއބާނާ ގޮތްވެސް ލިޔެލިނަމަ ފުރިހަމަވީސް
Comments are closed.