ބޮޑުކަންނެލި މަސްވެރިންނަށް ރަނގަޅު އަގެއް ލިބެން އޮތީ މިފްކޯއިން ކަންނެލި ގަނެގެން: ކަންނެލި ޔޫނިއަން

kanneli masverin

ބޮޑު ކަންނެލި މަސްވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު އަގެއް ލިބެން އޮތީ މިފްކޯއިން ކަންނެލި ގަނެގެންކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ ޕްރައިވެޓް ކުންފުނިތަކަށް ކަންނެލި އެކްސްޕޯރޓް ކުރުމުގެ ވިޔަފާރި ދޫކޮށްލާފައި އޮތުން މީ މި އިންޑަސްޓްރީ ކުރިނޭރުމުގެ އަސްލުކަމަށެވެ. އަދި މަސްވެރިކަމުގެ އާބާދީގެ ބޮޑު ބައެއް ތަމްސީލުކުރާ ބޮޑު ކަންނެލި މަސްވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު އަގެއް ލިބެން އޮތީ މިފްކޯއިން ކަންނެލި ގަނެގެން ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެއެވެ. އަދި ޓެކްސް ފްރީ ޤައުމުތަކަށް މާރކެޓް ކޮށްގެން މި އިންޑަސްޓްރީ ފުޅާ ކުރުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭ ކަމަށާއި ވޯޓް ހޯދަން މަސްވެރިންނަށް ފޮނި ހުވަފެންތައް ދެއްކުން ހުއްޓާލުމަށް ކަންނެލި ޔޫނިއަނުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބަޔާނެއްގައި ވެއެވެ.

ރާއްޖޭގައި ބޮޑު ކަންނެލީގެ އަގު ކޮންޓްރޯލް ކުރެވިފައި ނެތުމަކީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. ފިޝަރީޒް މިނިސްޓްރީއާ ކުރެވުނު މަޝްވަރާތަކުގައި ކޮންޓްރޯލް އަގެއްގެ ގޮތުގައި ކަންނެލި ޔޫނިއަނުން ހުށައަޅާފައިވަނީ ކަންނެލި ކިލޯއެއް 85 ރުފިޔާއަށްވުރެ ކުޑަ ނުވާނެ ގޮތަކަށް އަގު ކޮންޓްރޯލް ކުރުމަށެވެ. ނަމަވެސް މިކަމަށް އަދި ގޮތެއް ނިމިފައެއް ނުވެއެވެ. ރާއްޖޭގައި ބޮޑުކަންނެލީގެ އަގު މިހާރު ވަރަށް ރަނގަޅުކަން ފާހަގަކޮށްލެވެއެވެ. ކަންނެލި ކިލޯއެެއްގެ އަގު 100 ރުފިޔާއަށްވުރެ މަތީގައި ހުންނަތާ 6 މަސް ވަރު ވެދާނެއެވެ. ކަންނެލީގެ އަގު ކޮންޓްރޯލް ކުރުމުން މިގޮތަށް އަގު އަރައިގެންދާނެތޯ ބައެއް ފަރާތްތަކުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ