ކަޅުބިލަ މަހުގެ ސިނާއަތް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 2003 ވަނަ އަހަރު ރާއްޖޭގެ އަތޮޅުތައް ޒޯނަކަށް ބަހާލާ، މަސް ގަތުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި، ބީލަން ކާމިޔާބުކޮށްގެން ކުންފުންޏަކާ ވަކިވަކި ޒޯންތައް ހަވާލު ކުރިއެވެ.
މިގޮތުން ޒޯން އެކަކުން މަސްގަނެ އެކްސްޕޯޓް ކުރަން ހަވާލުވީ ޤާސިމް އިބްރާހިމްގެ ޚިއްޞާ އޮންނަ އައިލެންޑް އެންޓަރޕްރައިސް ޕްރައިވެޓް ލިމިޑެޓާއެވެ. މެދު ޒޯން ހަވާލުކުރީ އޭރުގެ ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީގެ ޚިއްޞާ އޮންނަ ފުނައްޑޫ ޓޫނާ ޕްރަޑަކްޓްސްއާއެވެ. އަދި ޒޯން 3 ހަވާލުކުރީ ޤާސިމް އިބްރާހިމްގެ ޚިއްޞާ އޮންނަ ހޮރައިޒަން ފިޝަރީޒް ކޮންޕްލެކްސްއާއެވެ. އަދި ދެކުނުގައި މަސް ގަތުމުގެ ހުއްދަ ދިނީ މިފްކޯއަށެވެ.
މީގެތެރެއިން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްއިން ތ. ފުނައްޑޫ ތަރައްޤީގޮށް 5 އަހަރު މެދުނުކެނޑި މަސް ގަތެވެ. ހޮރައިޒަންއިން ލ.މާންދޫ ތަރައްޤީކޮށް މެދުކެނޑުމެއްނެތި އަދިވެސް ދަނީ މަސްގަންނަމުންނެވެ. އަދި މިފްކޯއިންވެސް ގެންދަނީ މެދުކެނޑުމެއްނެތި މުޅި ރާއްޖެއިން މަސް ގަންނަމުންނެވެ.
ޒޯން ތިނެއްގެ މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއް މަސްވެރިކަމާ ބެހޭ ވުޒާރާ އާއި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި އެކު ސޮއިކުރީ ސެޕްޓެމްބަރު 10، 2003 ގައެވެ. މިއާއެކު ގދ، ހޯޑެއްދޫގައި މަސް ފެކްޓްރީއެއް އަޅަން ހޮރައިޒަންއާ ހަވާލުކުރެވުނެވެ.
ހޯޑެއްދޫގައި މަސް ފެކްޓަރީއެއް އެޅުމަށް ހޮރައިޒަން ފިޝަރީޒްއާ އެކު އެއްބަސްވުމެއް ހެދިތާ 15 އަހަރުވެފައިވާ އިރު، އެމަސައްކަތް ކުރެވިފައި ނުވާތީ މަސްވެރިން ގެންދަނީ ކަންބޮވުން ފާޅުކުރަމުންނެވެ.
އަދި އައިލެންޑް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ށ. ކީކިމިނި ހަވާލުކޮށްފައި އޮންނަތާ މިހާރު 18 އަހަރުވަނީއެވެ. އެރަށުގައި ތަރައްޤީކޮށްފައިވާ “ކީކިމިނީ ފިޝަރީޒް ކޮމްޕްލެކްސް” އަށް މަސް ނުކިރުމަކީ މަސްވެރިންގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އުތުރުގެ މަސްވެރިކަން ރަނގަޅުވެ މަސް ކިރުވުމުގައި ދަތިތަކެއް ދިމާވުމުން ކީކިމިނީގެ އޮޕަރޭޝަން ފެށުމަށް އުތުރުގެ މަސްވެރިން ވަނީ މުޒާހަރާވެސް ކޮށްފައެވެ. ކީކިމިނި އޮޕަރޭޝަނަށް ގެންނާނެކަމަށް ފިޝަރީޒް މިނިސްޓްރީން ގިނަ މުއްދަތު ތަކެއް ދިނެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެރަށުގެ އޮޕަރެޝަން ނުފެށެއެވެ.
ހޯޑެއްދޫ މަސްފެކްޓްރީގެ އެއްބަސްވުމުގެ ދަށުން ހޯޑެއްދޫން 8.9 ހެޓަރު ބިމާއި، އެ ބިމާއި އިންވެގެން ހިއްކާފައިވާ 4.5 ހެކްޓަރު ބިން ހިމެނޭ ގޮތަށް، ޖުމްލަ 13.5 ހެކްޓަރު ބިން ވަނީ ހޮރައިޒަން ފިޝަރީޒަށް ކުއްޔަށް ދީފައެވެ. އެއީ 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 160 ޓަނުގެ ބްރައިން ޓޭންކެއް އަދި 50 ޓަނުގެ ޕްލާންޓެއް ގާއިމްކުރުމަށެވެ.
ށ. ކީކިމިންޏާއި ގދ. ހޯޑެއްދޫގައި މަސް ފެކްޓްރީ އަޅާ ޚިދުމަތް ދިނުމަށް ހަވާލުކުރިތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިރު މިތަންތަނުން ޚިދުމަތް ލިބޭނެ ގޮތަކަށް ކަންކަން ރާވާ ހިންގުމަށް މަސްވެރިން ދަނީ ގޮވަމުންނެވެ. މިތަންތަން އޮޕަރޭޝަނަށް ގެނައުމުން ރާއްޖެއަށް ދިމާވެފައިވާ މަސް ނުކިރުމުގެ މައްސަލައަށް ޚައްލެއް އަންނާނެކަމަށް ބެލެވެއެވެ.
One Response
ހޯޑެއްދޫ ހަދަން ހޮރައިޒަން އާއި ހަވާލު ކުރިތާ 2 އަހަރުތެތޭ ތަނަށް ބޭނުންވާ ހުރިހާ ސާމާނެއް އިމްޕޯޓްކޮށް ރަށަށް ޖަމާކުރެވުނު. ކޯލްޑް ސްޓޯރޭޖް ހެދެން އަންނަނީ ބަދަރު ކޮނެ ބިންހިއްކައިގެން ކަމަށްވާތީ، ޑްރެޖައެއް ކުށްޔަށް ހިފައިގެން އެމަސަކަތްވެސްފެށި. ސަރުކާރުން އަނއގަވާފައި އޮތީ، ހޯޑެއްދުއާއި މަޑަވެލި ދޭތެރެއަށް އިތުރުވާ ވެލި އަޅައިގެން ދެރަށް ގުޅާލަން. އިސާހިތަކު ވެލިތަށް ގިނަވެ ކޯލްސްޓޯރުގެ ބިންގާ އަޅަންވީ ތަނުގަ ބޮޑެތި ވެލި ފޫނިތަށް ގިނަވެ ބިންގާ އެޅޭގޮތެއް ނުވެގެން ވެލި އަޅަންވީ ތަނެއް ދެއްކުމަށް ސަރުކާރުގަ އާދޭސްކޮށްވެސް އެތަނެއްނުދެއއކުނު އެއްމެފަހުން މައުމޫނުގެ ސަރުކާރު ބަދަލުވެ، އެމްޑީޕީ ސަރުކާރުގަ ދެންނެވުމުން ވެލިއަޅަންވީ ގޮތުގެ ޑިޒައިންއެއް ހަދާ ވެލި އަޅައިދެވޭނެ ެއަގެއް ފޮނުވަން ވިދާޅުވި. އަގު ފޮނުވުމުން ބަޖެޓްގައި ހިމަނާނެކަމަށް ވިދާޅުވި. އެމްޑީޕީ ސަރުކާރު ބަދަލުވި އިރުވެސް މަސައްކަތް ކުރިއަށް ގެންދަން ނާންގަވަ. ޱޮކްޓަރް ވަހީދުގެ ސަރުކާރު އައިސް ދިޔައިރުވެސް މި ހުއްދައެއް ނުލިބުނު. މަސައްކަތްފެށީ ލޯނެއްނަގައިގެން ބޭރުބަޔަކަށް ޓާންކީ ބޭސިސްގަ ކޮންޓްރެކް ހަދައިގެން ވަކި ދުވަހަކަށް ނިންމަން. ނަމަވެސް ވެލި އަޅާނެ ތަނެއް ނުދެއްކުމުގެ ސަބަބުން ޕްރޮޖެކްލަސްވެ، ބޭރުގެކޮންޓްރެކްޓަރުންވެސް ޕްރޮޖެކް ހުއްޓާލާފަ ދިޔައީ. ތަން ނުނިމުނަސް އެހާތަނަށް ކުރެވިފައިވާ ޚަރަދުތަކަށް އިންޓެރެސްޓާއިއެކު ލޯނުވެސް ދިޔައީ ދައްކަމުން. އެމްޑީޕީ ސަރުކާރު ބަދަލުވުމުން އާއްމުބައެއް ނުކުމެ ތަނުގަ އަލިފާންވެސް ރޯކޮއްލި. ވަރަށްބޮޑެތި ގެއްލުންވެސްވި. ނަމަވެސް އަލުން ތަކެތިގެނެސް އަނެއްކާވެސް ވެލިތަކަށް ހެދޭނެގޮތެެއް ހޯދުމަށް އެތައްފަހަރަކު ސަރުކާރުގަ ދެނެނެވުނު. އެއްމެފަހުން ޔާމީން ސަރުކާރަށްވެސް 3 އަހަރު ވީފަހުން ތިނަދޫގަ ހަދާ ފްލެޓްތަކަކަށް ހޯމްމިނިސްޓްރީއަށް ވެލި ދޫކުރަން އެންގުމުން އެވެލި ގެންގޮސް ކޯލްސްޓޯރޭޖް ބިންގާ އެޅޭވަރުވުމުން މިހާރު ކޯލްސްޓޯރ ނިމި މެޟީންތައްބަހައްޓާ އެކޮމޮޑޭޟަންގެ ބޮޑުބައި ނިމިއްޖެ. މިހާރު އެހާބާރުމިނުގައި މަސައްކަތް ކުރިއަށް ނުދަނީ ލަސްވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބޮޑުކަމުންނާއި ފައިސާގެ ދަތިކަން ހުރުމުން . ލޯނެއް ލިބޭތޯ މިހާރުވެސް ދަނީ މަސައްކަތް ކުރަމުން. ހޯޑެއްދޫ ނުނިންމައިގެން ހޮރައިޒަން އަށް އެއްވެސް ޟަކުވާއެއް ކުރުމަކީ ޙައްޤު ކަމެއްނޫން. އެތަނުގެ ވެލީގެ މައްސަލަ ނުޖެހުނުނަމަ ހަޥާލު ކުރިދުވަހުންފެށިގެން 3 އަހަރުތެރޭ އެތަންނިމި މަސްގަނެވޭވަރުވީސްކަން ޔަޤީން. އެތަން ލަސްވީ އެއްވެސް ސަރުކާރަކުން އެތަން ނިންމަން ބޭނުންނުވީމަ .މިއަދު ޙަޤީޤަތް އޮޅުންފިލުވަން ބޭނުންވާ އެއްވެސް މީހެއްނެތް. ކޮންމެމީހަކުވެސް އަޑުގެހުރިބާރެއްލައިފަ ހަޅޭލެވުންނޫން ކަމެއް ނުފެނޭ.